ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަކުރުމުގެ ކުށުގެ އަދަބު ބޮޑުކުރަން ޤާސިމް މަޖިލީހަށް ހުށަހަޅައިފި!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގާ ދީނަށް ފުރައްސާރަކުރާ މީހުންނަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުގެ ދަރަޖަ ބޮޑު ކުރުމަށާއި އިތުރު ބައެއް އިސްލާހުތަކެއް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޤާސިމް ހުށަހެޅުއްވި ބިލުގައިވަނީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކަމަށްވާ މުރުތައްދުވުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ސާބިތުވާނަމަ، ދެވޭ ތައުޒީރީ އަދަބަކީ ޖުނަހުގެ ނުވަތަ ކުޑަ ކުށެއްގެ މިންގަނޑެއް ކަމުގައި އޮތުމަކީ އިސްލާމީ ޝަރީއަތަކަށް ކުރެވޭ ތައުހީނަކަށް ވެ އެވެ.

އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގުން ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވަނީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ.ގާސިމް އިސްލާހު ހުށަހެޅުއްވީ މި ކުށް ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ. މިއީ 10 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ކުށެކެވެ.

މީގެ އިތުރުން ވެސް، ލިވާތު ކުރުމާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ދެ ކުށް ކަމުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ޤާސިމް ހުށަހަޅައިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: