ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުންގެ ދަރިއަކު ކުށެއް ކުރުމުން ކީއްވެތޯ އެކަންތައް ނުބެލެނީ: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޤައުމުގައި ބޮޑުންގެ ދަރިއަކު ކުށެއް ކުރުމުން އެކަންތައްތައް މާ ބޮޑުކަމަށް ނުވެ، އެފަދަ މައްސަލަަތައް ނުބެލެނީ ކީއްވެތޯ ކަމާއި މެދު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލު އުފައްދަވާފިއެވެ.

ހަރުކަށި ފިކުރާއި އަމަލުތައް ގިނަވަމުންދާކަމަށްބުނެ، އުނގޫފާރު ދާއިރާގެ މެންބަރު މުޙަމަދު ވަޙީދު (ވައްޑެ) މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުށްހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، މި ޤައުމުގައި ބޭނުންވަނީ ވަކި މީހަކަށް ބެލުމެއް ނެތި އިންސާފު ޤާއިމްކުރުން ކަމުގައެވެ.

މި ޤައުމުގައި ބޮޑުން ކުރާ ކަންކަން ބެލެމުން ނުދާކަމަށް ފާހަގަކޮށް ޖާބިރު ވިދާޅުވީ، މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ކލީޑަރު ޤާސިމް އިބްރާހިމްގެ ދަރިފުޅު އޭނާގެ ކުރީގެ ފިރިމީހާގެ ކަރަށް ވަޅިޖެހުމުންވެސް އެ މައްސަލަ ނުބެލޭކަމަށެވެ.

”ޤާސިމްގެ ދަރިއަކު އޭނާ ވަރިކުރި ކުއްޖާ ކަރަށް ވަޅި ޖަހާފި. މިކަހަލަ އެއްވެސް ކަމެއް ނުބެލެ. ބޮޑުންގެ ކަންތައްތައް ނުބެލި މިދަނީ. ” ޖާބިރު ވިދާޅިުވިއެވެ.

މީގެ އިތުރުން އާދައިގެ ރައްޔިތެއްނަމަ މައްސަލަ ބެލި ހަރުކަށި އަދަބު ދޭނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

”މިސާލެއްގެ ގޮތުން އަޅުގަނޑުގެ ކޮއްކޮ، މީހަކު ގަިގަ ޖަހާފިނަމަ އޭނާ ހައްޔަރުކޮށް، އޭނާ ޕްރޮސެކިއުޓް ކުރޭ. ޤާސިމްގެ ދަރިފުޅަށް ކީއްވެތޯ. އެއީ ކީއްވެގެން ވާކަމެއްތޯ” ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން، މިކަންކަމާއި މެދު ވިސްނާ މިކަަމަށް ހައްލެއް ގެންނަން ޖެހޭކަމަށް ވެސް ޖާބިރުވިދާޅުވިއެވެ.

ގޭތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފެންމަތިވީ މިދިޔަ އާދިއްތަ ދުވަހުިގެ ރޭއެވެ. އަދި އެ އަންހެންކުއްޖާއަކީ ޤާސިމްގެ ދަރިކަނބަލުން ސަމާ ޤާސިމްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެނެވެ. ނަމަވެސް މ،ި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
84%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޖާބެ އަކަށް ނޭގެނީތޯ މިރާއްޖޭގަ އޮންނަނީ ކުޑަކާށި ބޮޑުކާށި އުސޫލުކަން.ގާނޫނުގެ ދިގުއަތް ދާނީ ނިކެމެތިމީހާ ދިމާލަށްކަން.ސަރުކާރަށް ސަނާ ނުކިޔާ މީހާ ދިމާލަށްކަން.

  2. ހަމަ ބަލަންވީ، މަޖިލިހުންވެސް ތިކަން ކުރަންވީ! މަޖިލިސް މެމްބަރަކު ޢާއްމު ރަޢިއްޔަތަކަށް ދެރުމުން މަޖިލިހުގެ ޙިމާޔަތް ހޯދާ، ފިލައިގެންވެސް ނުވާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: