ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާޑޭ މައްސަލަ ބަލާ، ކޮމިޓީއިން 5 ދާއިރާއަކުން 39 ރިކޮމެންޑޭޝަން ރައީސްއަށް އަރުވައިފި

ޔޮގާޑޭގެ މައްސަލަ ބަލާ ސަބް ކޮމިޓީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭގެ މައްސަލަ ބެލުމަށް އެކުލަވާލާފަައިވާ ވަޒީރުންގެ ސަބް ކޮމިޓީއިން އެފަދަ ކަންކަން ހައްލު ކުރުމަށް ދީފައިވާ ރިކޮމެންޑޭޝަންތަކާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އިދާރާތަކަށް އެންގުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު، ގަލޮޅު ދަނޑު ތެރޭގައި ހިނގައިދިޔަ ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން، އެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ސަބް ކޮމިޓީއިންވަނީ އެ ހަރަކާތުގެ ބައިވެރިންނާއި ދެކޮޅަށް ބަޔަކު ހިންގި އަމަލުތަކާއި ގުޅިގެން ރިޕޯޓެއް އެކުލަވާލާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ރިޕޯޓުގައި ޔޯގާޑޭގެ ހަމަނުޖެހުން ހިނގައިދިޔަ ގޮތުގެ ދިރާސާތަކެއް އެކުލަވާލާފައިވާއިރު، އެ ދިރާސާއާއި ގުޅިގެން ފަސް ދާއިރާއަކަށް ތިރީސް ނުވަ ރިކޮމެންޑޭޝަނެއް ހުށައަޅާފައިވެއެވެ. ރިކޮމެންޑޭޝަންތައް ދީފައިވާ ދާއިރާތަކުގެ ތެރޭގައި ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ޚިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: