ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީއިން ހުށައެޅި އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނީ އޭޖީގެ ލަފާ ހޯދުމަށްފަހު: ކޮމިޓީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކަށް ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށްފަހު ސިޔާސީ ޕާޓީ ތަކާއި ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށައަޅާފައިވާ އިސްލާހު ތަކާއިބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކަށް ބަންޑާރަ ނައިބުގެ ލަފައަކަށް ފަހު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިހަހާސް މެމްބަރުން ހަމަވާ ސިޔާސީ ޕާޓީ ތަކާއި ބައްދަލު ކުރަންޖެހޭކަމަށެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމާއި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނުނާއި އެކު މީގެ ކުރިން ބޭއްވުނު ބައްދަލުވުމުގައި ފިންގަރ ޕްރިންޓް ވެރިފައި ކުރުމުގައި ހުރި ދަތިތަކާއި ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑެތި ހަރަދު ހިނގާ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީ ތަކުގެ މެމްބަރުންގެ ދަފްތަރު ބަލަހައްޓަންވާނީ އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތަކަށް އެ ސިޔާސީ ޕާޓީ އަކުންކަމަށް ކަނޑައެޅުމާއި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސިޔާސީ ޕާޓީއެއްގައި ބައިވެރިވެ، ބައިވެރިވާ ޕާޓީއެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރަކަށް ވުމުގެ ހައްގު ލިބިގެންވާކަމާއި ސަރުކާރުގެ ވަކި މަގާމަކަށް ކުރިމަތިލާ މީހާ ނުވަތަ އައްޔަނު ކުރާ މީހަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވެވޭނެ މީހެއް ކަމަށް ގާނޫނުގައި ބަޔާންކޮށައިވާނަމަ އެ ހާލަތުގައި ހުންނަ މީހާ އަށް ސިޔާސީ ޕާޓީއެއްގެ މެމްބަރު ކަމަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމަށް އީސީގެ ފަރާތުންވަނީ ހުށައަޅާފައެވެ.

އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށްވުރެ ގިނަ ސިޔާސީ ޕާޓީއެއްގެ މެމްބަރު ކަމުގައި ނުހުރެވުމާއި ސިޔާސީ ޕާޓީ އެއްގެ މެމްބަރަކަށް ވެވޭނީ އެ ޕާޓީއެއްގެ މެމްބަރުކަމަށް ވުމަށް އެދި އެ ޕާޓީ އެއްގެ އަސާސީ ގަވާއިދާއި ސިޔާސި ޕާޓީތަކާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށް އީސީގެ އިސްލާހުގައި ވެއެވެ.

ސިޔާސީ ޕާޓީގެ ދަފްތަރު ބަލަހައްޓާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެހެންކަމުން ސިޔާސީ ޕާޓީ ތަކާއި ގުޅުންހުރި އެންމެހާ ކަންކަމުގައި މަސްދަރުގެ ގޮތުގައި ބަލާނީ އިލެކްޝަންސް ކޮމިޝަނުން ލިޔެ ބަލަހައްޓާ ދަފްތަރު ކަމަށް އިލެކްޝަންގެ ފަރާތުން ހުށައެޅި އިސްލާހުގައި ބުނެފައިވެއެވެ.

އެގޮތުން ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އެކުލަވާލެވިފައިވާ ބައިތަކުގެ ތެރޭގައި ޕާޓީގެ ނަމާއި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ހުށައެޅި ތާރީހާއި ޕާޓީ ރަޖިސްޓްރީކޮށްދިނުމަށްފަހު ދޫކުރާ ޕާޓީގެ ރަޖިސްޓްރީގެ ކޮޕީ އާއި، ޕާޓީ ތަމްސީލް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހުންގެ މައުލޫމާތާއި، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހެދޭ ހިންގާ ގަވާއިދާއި، ޕާޓީގެ މެނިފެސްޓޯ އާއި، ޕާޓީގެ އަސާސީ ގަވާއިދަށް ނުވަތަ މެނިފެސްޓޯ އަށް ބަދަލެއް އައިސްފައިވާނަމަ އޭގެ ތަފްސީލާއި ޕާޓީގެ އިންތިހާބު ކުރެވިފައިވާ މަގާމުތަކަށް އަންނަ ބަދަލާއި ޕާޓީގެ އިދާރީ މަގާމުތަކުގެ ތެރެއިން ސެކެޓްރީ ޖެނެރަލް، ރަޖިސްޓްރަރ، ފައިސާގެ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކާއި، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކޮމިޓީތަކުގެ މުގައްރިރުންނާއި ޕާޓީ އުވާލެވޭ ހާލަތުގައި، ޕާޓީ އުވާލުމުގެ އުސޫލާއި، އުވާލުމުގެ ބާރުއޮތް ފަރާތް އަދި އުވާލާނަމަ އެ ފަރާތުގެ ނިންމުން ހިމެނެއެވެ.

މީގެ އިތުރުން އެ މާއްދާގައި ބަޔާންކޮށްފައިވާ މަގާމުތަކުގައި ތިބޭ ފަރާތްތައް މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ މަގާމުން ވަކިކޮށްފިނަމަ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުށައެޅި އިސްލާހުގައި ބުނެފައިވެއެވެ.

ޕާޓީ ތަކަށް ދައުލަތުންދޭ ފައިސާ ސިޔާސީ ޕާޓީ ތަކުގެ މެދުގައި ބެހުމުގައި އެ ފައިސާގެ %20 (ވިހި އިންސައްތަ) ބަހާނީ ރަޖިސްޓަރ ކޮށްފައިވާ ޕާޓީ ތަކުގެ މެދުގައެވެ.

ސިޔާސީ ޕާޓީ ތަކަށް ދޫކުރާ ފައިސާގެ %80 (އަށްޑިހަ އިންސައްތަ) ބަހާނީ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ސިޔާސީ ޕާޓީގެ ފަރާތުން ވާދަކުރި އިންތިހާބުގައި އެ ސިޔާސީ ޕާޓީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓްގެ ނިސްބަތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: