ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއާއި ރާއްޖޭގެ ގުޅުން ދަމަހައްޓާނަން: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއަކީ ރާއްޖެއާއި އެންމެ ގާތް ގުޅުން އޮތް ގައުމު ގޮތުގައި އޮންނާނެކަމަށްވީނަމަވެސް، ޗައިނާއާއި އެކުވެސް އެކުވެރި އަދި އިގްތިސާދީ ގުޅުންތައް ބާއްވާނެކަމަށް ފޮރިން މިނިސްޓަރ އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބޭރުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވިދާޅުވީ، ދިވެހިރާއްޖެއިން އަބަދުވެސް އެންމެ ގާތް ގައުމުގެ ގޮތުގައި އިންޑިއާ ދެކޭނެކަމަށެވެ. އެހެން ނަމަވެސް، ޗައިނާ ފަދައިން ދިވެހިރާއްޖެއާއި ގާތުން މަސައްކަތް ކޮށް، އެހީތައް ފޯރުވަމުންދާ ގައުމުތަކާ އެކު ގުޅުންތައް ދަމަހައްޓާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ އަދި ރާއްޖޭގެ ގުޅުން ދުވަހަކުން ދުވަހަކަށް ވަރުގަދަވަމުން އަންނަ ކަމަށާއި، ދެގައުމުގެ އިސްވެރިން ގާތުން މަސައްކަތްކުރާކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ފެނިގެން އައިސްފައިވަނީ، ރާއްޖެއަށް ދިމާވާ ކަންކަމުގައި އެންމެ ފުރަތަމަ އެހީ ފޯރުވައިދޭ ގައުމު ގޮތަށް ކަމަށެވެ. އަދި އެގޮތަށް ކަން ދިމާވާ ސަބަބަކީ، އެންމެ ގާތުގައި އޮތް ގައުމަށްވުމުންކަމަށްވެސް ޝާހިދު ސިފަކުރެއްވިއެވެ.

އަބްދުﷲ ޝާހިދު ބޭރުގެ ނޫހަކަށް ދެއްވި އިންޓަރވިއުގެ ބައެއް: ފޮޓޯ/ ސޯޝަލް މީޑިއާ

ޝާހިދު ވިދާޅުވީ، ރާއްޖޭގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ، ކުރިއެރުމެއް ނެތް މަސައްކަތެއްކަމަށެވެ. އަދި އެކަމުގެ ހަމަ އެކަނި މަގުސަދަކީ، ރާއްޖެއާއި އެންމެ ގާތްކޮށް އޮތް ގައުމާއި ދެކޮޅަށް، ރައްޔިތުންގެ ތެރޭގައި ޖަޒުބާތުތަކެއް އާލާ ކުރުމަށް ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އިންޑިއާ އާއި ދެކޮޅަށް ކެމްޕެއިނެއް ހިންގަމުންދަނީ، ގައުމަށްޓަކައި ފައިދާ ހުރި އެއްވެސް ކަމެއް ކޮށްދެވެން ނެތް ބައެއް ކަމަށެވެ. އެހެންކަމުން އެކަން ކުރަމުން އަންނަނީ ކޮންމެވެސް ކަމެއް ކުރުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެކަމަށެވެ. އަދި ރައްޔިތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްތައް ބަލައިގަންނަ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: