ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލުވެރިކަމާއި އިންސާފް ގެއްލޭ ކޮންމެ މުޖުތަމައަކީ ހަލާކުވެފައިވާ މުޖުތަމައެއް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނަވެ ފަނާވެ ހަލާކުވެފައިވާ މުޖުތަމައު އަކަށް ވެގެންދާ  ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 18 އަހަރު ފުރުން ފާހަގަކުރަމުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ  އެ މަސައްކަތް އިންސާނިއްޔަތު ފެށުނީއްސުރެ ކުރާ ބަޔަކު ކޮންމެ މުޖްތަމައެއްގައި ދިރިއުޅެމުންދާ ކަމަށެވެ. މިއަދުގެ 21 ވަނަ ގަރުނާއި ހަމައަށް އައިއިރު މީގެ 200 ވަރަކަށް އަހަރު ކުރިން އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމްތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި އެ މަސައްކަތް ކުރުމުގެ މަރުހަލާތަކާއި ނިޒާމް ތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެބައެއްގެ ބޮލުގައި އެޅިފައިވާ ބަޔަކީ އެ މުޖްތަމައެއްގައި ތިބޭ ފުލުހުން ކަމަށް އިމްރާނު ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ މުޖްތަމައުގައި އަދުލުވެރިކަމާއި އަމަންއަމާން ކަމާއި ރައްކާތެރިކަން މުޅި މުޖްތަމައުގައި ކަށަވަރުކޮށްދިނުމުގައި އެންމެ ފުރަތަމަ ސަފަކީ ފުލުހުން ކަމަށް އިމްރާން ވިދާޅުވިއެެވެ. ވުމާއެކު ފުލުހުން އަދާކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ

ފުލުހުން އަދާކޮށްދެއްވަނީ މުޅި މުޖުތަމައުގެ ފަރުދުންގެ ހުރިހާ ޒިންމާ ކަމަށް އިމްރާން ވިދާޅުވިއެވެ. ފުލުހުންގެ ޒިންމާ އަށް ރައްކާތެރިވުމަކީ މުޖުތަމައު ހެޔޮ މުޖްތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން އެންމެން ކުރަންޖެހޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ތެެރެއިން ކުރެވޭ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރުވައި އެއްދުވަހުން އަނެއް ދުވަހަށް ހިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް އެންމެ ރަނގަޅުގޮތުގައި ދެމިއޮތުމަށްޓަކައި ހޯދައިދޭންޖެހޭ ވަސީލަތްކާއި ލިއްބައިދޭންޖެހޭ ގާބިލްކަން ލިއްބައިދިނުމަށްޓަކައި ދައުލަތުގެ ނިޒާމުގެ ތެރެއިން އެކަންކަން ފުރިހަމަ ކުރުމަކީ އެވަގުތެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަންތިބޭ ވެރިންގެ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެހިދުމަތަށް އިހްތިރާމާއި ލޯބިކޮށް ގަދަރުކުރުމަކީ އެމުޖްތަމައުގެ އަފްރާދުންގެ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އެ ހުރިހާ ދިމާލަކުން އެކަން ފުރިހަމަ ނުވާނަމަ އެ މުޖްތަމައެއްގެ ތެރޭގައި ނުވަތަ ދިވެހި މުޖްތަމައުގެ ތެރޭގައި އޮންނަންޖެހޭ ފުރިހަމަ އަމަންއަމާން ކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ސިފަތައް ފުރިހަމަ ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ތެރެއިން އެކަންކަމާއި ހިލާފުކަންކަން ފެންނަ ކަމުގައިވާނަމަ އެއީ  އެކަމުގައި ލިބޭ ނިކަމެތިކަމެއް ކަމަށާއި ސަރުކާރުގެ ފަރާތުން ދައުލަތް ހިންގަން ތިބޭފަރާތުން އެކަމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަންދީ އެކަމަށް ދޭންޖެހޭ ހުރިހާ ވަސީލަތްތައް ގާއިމްނުކުރެވޭ ނަމަ އެކަމަކީ ފުލުހުންގެ މުއައްސަސާ ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށް އިމްރާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: