ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ނުކުމެ ”ލާދީނީ ބައިގަނޑު“ ތަޅާ ”ރޯނާ“ ގަންނަވާލަންވީ: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މޮސްޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުން ނުކުމެ ”ލާދީނީ ބައިގަނޑު“ ތަޅާ ”ރޯނާ“ ގަންނަވާލަންވީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ”ހަރުކަށި“ ފިކުރު ފެތުރެމުންދާކަމަށް ބުނެ، އެ ފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް ފައުޖެއް އުފެއްދުމަށް މަޖިލީހުގެ ތަޅުމަށް ހުށައެޅި ބިލަކަށް އިޝާރާތްކުރައްވާ، ނަޝީދު ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް ފިކުރު ފަތުރާ ފަރާތްތަކާއި ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހިއްޖެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ފުރަތަމަ ބާރަކީ، ރައްޔިތުންގެ ބާރު ކަމަށެވެ. އަދި އެހެނިހެން ހުރިހާ ބާރެއް ފެށިގެން އަންނީ ރައްޔިތުންގެ ކިބައިން ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

”ލާދީނީ“ މީހުންނާއި ދެކޮޅަށް، ދިވެހިރައްޔިތުން ނުކުންނަން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެންމެ ރައްޔިތެއް ނުވަތަ ދެ މީހަކު، މަގުތައް މައްޗަށް ނުކުތުމުން، އެ ބަޔަކާއި ދެކޮޅަށް ފިޔަވަޅު އެޅިދާނެކަމަށެވެ. އެހެން ނަމަވެސް އެތައް ހާސް ބަޔަކު ނުކުތީމަ، އެ ބަޔަކާއި ދެކޮޅަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

”ހަރުކަށި“ ފިކުރު ހުއްޓުވުމަށް ފައުޖެއް އުފެއްދުމަށް މަޖިލީހުގެ ތަޅުމަށް ބިލެއް ހުށައެޅުއްވީ، މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. އެނާ ވިދާޅުވީ، ”ހަރުކަށި“ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާތައްވަނީ ފަހަތައް ޖެހިފައިކަމަށެވެ. އެހެންކަމުން އެކަމާއި ދެކޮޅަށް އާ އިންތިޒާމެއް ހަމަޖައްސަން ޖެހިފައިވާކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގުރަތަމަ މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮއް ވިއްކާ ބޮޑުން ތަޅާ ރޯނާ ގަންނަވަންވީ ، ތީ އޭގެ ބޮޑެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: