ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރަކު ފަޔައާމަކަށް އެދިގެން އެ ސިޓީ ހިފައިގެން ނާޒިމް އައި، އެއީ ކުރެވޭނެކަމެއް ނޫންކަން ދެންނެވިން: ރައީސް ޔާމީން

އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް އާއި ކުރީގެ ރައީސް ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޑިފެންސް މިނިސްޓަރު (ކާނަލް ރިޓަޔަރޑް) މުހައްމަދު ނާޒިމް، ފިސްތޯލެއް ގެންގުޅުއްވި މައްސަލައިގައި، ހައްޔަރު ކުރެއްވުމުގެ ކުރިންވެސް، އެއްވެސް މިނިސްޓަރަކަށް ހަތިޔާރެއް ނުގެންގުޅެވޭނެކަމަށް ވިދާޅުވެފައިވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވިއެވެ.

ސަންގު ޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައި، ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ހައްޔަރު ކުރެވުމާއިމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި، އެއްވެސް މިނިސްޓަރަކު އަދި އެހެނިހެން މީހަކުވެސް ފިސްތޯލެއް ފަދަ ހަތިޔާރެއް ގެންގުޅުން އެ މަނިކުފާނު ހުއްދަ ނުކުރައްވާނެކަން އެންމެހާ އިސްވެރިންނަށްވެސް އިންގޭނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ނާޒިމްގެ ގެކޮޅަށް ފުލުހުން ރެއިޑު ކުރުމަކީ އެ މަނިކުފާނަށް އިނގިގެން ހިނގާފައިވާ ކަމެއް ނޫންކަމަށެވެ. އަދި އެކަން ހިންގުމާއި ގުޅިގެން ނާޒިމް އެ މަނިކުފާނަށް ފޯނު ކުރައްވާ ގިނަ ތުހުމަތުތަކެއް ކުރެއްވި ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހެން ކަމުން އެ މަނިކުފާނު ވަނީ އޭރުގެ އެމްއެންޑީއެފްގެ ޗީފް އަދި ވައިސް ޗީފް އޮފް ޑިފެންސްވެސް ރައީސް އޮފީހަށް ގެނެސް ސުވާލު ކުރައްވާފައިކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ނާޒިމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުގައިވެސް ފިސްތޯލެއް އޮންނަ ކަން އެ މަނިކުފާނަށް އިންގިގެންދިޔައީ އެ ހިސާބުންކަމަށެވެ.

“އެ ސީޓީ ހިފައިގެން ނާޒިމް ވަޑައިގެންނެވި އަޅުގަނޑާ ބައްދަލުކުރައްވަން، ރައީސްއާއި ބައްދަލު ކުރައްވާ ވިދާޅުވި ރައީސްއޭ މިނިސްޓަރަކު މިއޮތީ ފަޔަރއާރމަކަށް އެދިވަޑައިގަންނަވާފައޭ، އަޅުގަނޑު ދެންނެވިން މިނިސްޓަރަށް ޖަވާބު އަރުވާށޭ އެއްވެސް ބޭފުޅަކަށް ފަޔައާމެއް ނުގެންގުޅެވޭނޭ ތިއެއް ނުލިބޭނޭ އެއްވެސް ބޭފުޅަކަށް ނުލިބޭނޭ އެހެން ނަމަވެސް ނާޒިމް އަޅުގަނޑާއި ހިސާބަށް ގެންނެވި ވަޒީރަކު ރިޕޯޓު ކުރެއްވި މަސައްލައެއްވީމަ، ގެންނެވީ ވަޒީރަކު އެދިވަޑައިގަތީމަ އެހިސާބުންވެސް ނާޒިމަށް އެނގިވަޑައިގަންނަވާނެ އެއްވެސް ވަޒީރެއްގެ އަތުގައި ފަޔަރއާރމެއް އޮތުމަކީ ރައީސް ޓޮލަރޭޓް ކުރާ ކަމެއް ނޫންކަން”

އެމަނިކުފާނު ވިދާޅުވީ، އެ ހާދިސާ ހިންގުމުގެ ކުރިން ނާޒިމް އަދި އަދީބު އަތުގައި ހަތިޔާރެއް އޮތްކަން އެހެން މިނިސްޓަރަކަށް އެނގިގެން އެނާވެސް ހަތިޔާރެއް ހޯދުމަށް ރަސްމީކޮށް ޑިފެންސް މިނިސްޓްރީގައި ސިޓީއަކުން އެދުމުން، ނާޒިމްވަނީ އެ ސިޓީ ހިފައިގެން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިކަމަށެވެ.

އެގޮތުން ނާޒިމް ރައީސް ޔާމީނާއި ބައްދަލު ކުރައްވާ، އެ ސިޓީ ހުށައެޅުމުން އެ މަނިކުފާނުވަނީ އެފަދަ އެއްވެސް އެއްޗެއް އެވެސް ފަރާތަކަށް ނުގެންގުޅެވޭނެކަމަށް ނާޒިމް ގާތުގައި ވިދާޅުވެފައިކަމަށެވެ. އަދި ފިސްތޯލަކަށް އެދުނު ވަޒީރު ގާތުގައިވެސް އެކަން ހިއްސާ ކުރުމަށް ނާޒިމް ކައިރީ ވިދާޅުވެފައިވާކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެހެންކަމުން ނާޒިމަށް އެކަން ހުއްދަ ކުރެވިފައިނުވާކަން އިންގިވަޑައިގަންނަވާނެކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްޗެއް އެވަގު ނާޒިމް ގެންގުޅުއްވާ ނަމަ، އެމްއެންޑީއެފްއާއި ހަވާލު ކުރުމަށް ފުރުސަތުވެސް ލިބިވަޑައިގެންފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންވަނީ، ފިސްތޯލު ފެނުމުގެ ފަހުން ކަންދިމާވި ގޮތާއިމެދު އިތުރު ތަފްސީލުތަކެއްވެސް ދެއްވާފައެވެ.

އެގޮތުން ރައިސް ޔާމީން ވިދާޅުވީ، ފިސްތޯލު ފެނުމަށް ފަހު، ނާޒިމްގެ ފަރާތުން އެމަނިކުފާނަށް އުންދަގޫވާ ކަންތަތަކެއް ކުރިމަތިވެގެންދިޔަކަމަށެވެ. އަދި އެއީ ނާޒިމް، ސިފައިން މެދުވެރިކޮށް، ރަސްމީގޮތުން ކުރައްވަން އުޅުއްވި މަސައްކަތްތަކެއް ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހެން ނަމަވެސް އެކަމަށް ބަގާވާތެއްގެ ދަރަޖަ އެމަނިކުފާނު ނުދެއްވާނެކަމަށެވެ.

އެ މަނިކުފާނު ވިދުޅުވީ، ނާޒިމްއަށް ދިމާވި ކަންކަމާއި ގުޅުވައި އެ މަނިކުފާނުވަނީ އެނާގެ ގެއަށް ރެއިޑު ކުރުމުގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނާއި ބައްދަލު ކުރައްވާފައިކަމަށެވެ. އަދި ޖުމުލަކޮށް 19 ފުލުހުން ވަރު އުޅޭނެކަމަށާއި، އެ ހުރިހާ ފުލުހުންނާއިވެސް ހުދު އެމަނިކުފާނު ސުވާލު ކުރެއްވިކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ ގޮތަަށް ކަން ކުރެއްވީ ޑިފެންސް މިނިސްޓަރުގެ ގެއަށް ވަންނަން ޖެހޭނެ ސަބަބެއް އޮންނާނެކަމަށް އެ ވަގުތު ގަބޫލު ނުކުރައްވާތީކަަމަށެވެ.

އެއްވެސް އިތުރު ފަރާތެއްގެ ބަދަލުގައި، އެ މަައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވަން ބޭނުންވިކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ޕޮލިސް ކޮމިޝަނަރު އެތަނުގައި ހާޒިރުވެ އިންނެވި ނަމަވެސް އެންމެހާ ފުލުހުންނާއިވެސް ސުވާލު ކުރެއްވީވެސް އެމަނިކުފާނު ކަމަށެވެ. އަދި ނާޒިމް ކުރި ތުހުމަތުތަކާއި ގުޅިގެންވެސް އެ މަނިކުފާނު ސުވާލު ކުރެއްވިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ވަގުތުން ވަގުތައް ނާޒިމް ހައްޔަރު ކުރުމަށް ފުލުހުން ބޭނުންވިކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނު އެކަން ނުކުރެވޭނެކަމަށް ވިދާޅުވިކަމަށާއި، ތަހުގީގަކަށްވެސް ހާޒިރުކޮށްގެން ނުވާނެކަމަށް އިރުޝާދު ދެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނާޒިމްއާއި މެދު އެމަނިކުފާނު ކަން ކުރެއްވީ ރަނގަޅަށް ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހެން ނަމަވެސް ނާޒިމް އެމަނިކުފާނާއި މެދު ކަންކަން ކުރެއްވީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަމަށެވެ. އަދި ނާޒިމް މަގާމުން ދުރުކުރަންޖެހުނީ ވަޒީރަކުގެ މައްޗަށް ރައީސުލްޖުމުހޫރިއްޔާއަށް ކުރެވެންޖެހޭ އިތުރުބާރު ކުރެވެން ނެތުމުންކަމަށް ބުނެ، ސިޓީއެއްވެސް ދެއްވާފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ސިޓީ ރައީސް އޮފީހުގައި، އަދި ނާޒިމް އަތުގައިވެސް އޮންނާނެކަމަށެވެ. އެކަމުގެ ތަފްސީލެއް ނޯންނާނެކަމަށްވީނަަމަވެސް، ނާޒިމަށް ކަން ހިނގާފައިވާގޮތް އިންގޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫނު ނާޒިމްގެ މައްސަލައިގައި އެމަނިކުފާނާއި ބައްދަލު ކުރެއްވިކަމަށެވެ. އެހެން ނަމަވެސް ނާޒިމްއަކީ، “ރެޑް ހޭންޑު” ވެފައި ހުރި މީހެއްކަމަށާއި، އެކަން ދިމާވީ ފުލުހުންނަށް ލިބުނު އިންޓެލް ރިޕޯޓެއްގެ ސަބަބުން ކަމަށް އިޝާރާތްކުރައްވާ، ރައީސް ޔާމީން ވިދާޅުވީ، އެ ރިޕޯޓާއި، ކަންކަމުގެ އިތުރު ތަހުގީގުތަކުގެ ތެރެއަށް އެމަނިކުފާނު ވަދެފައިނުވާނެކަމަށެވެ.

ވަރަށް ގަދަ
52%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 1%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: