ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫން ޕީޕީއެމްއިން ކަނޑާލީ އިދިކޮޅާއި އެކު މަސަައްކަތް ކުރަން ފާރިސް އާއި ޔުމްނާއަށް ފުރުސަތު ދިނުމުން: ރައީސް ޔާމީން

އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު އެމަނިކުފާނުގެ ދޮށީ ބޭބެ އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިގު ތިރީސް އަހަރުގެ ވެރިކަމެއްކުރެއްވި އެމަނިކުފާނުގެ ދޮށީ ބޭބެ މައުމޫނު އަބްދުލްގައްޔޫމް ޕީޕީއެމްއިން ކަނޑާލަންޖެހުނީ ޕާޓީގެ ބަސް ގަބޫލުނުކުރުމުންކަމަށް ޕާޓީގެ ރިޔާސީ ކެޑިޑޭޓު އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މައުމޫނު ޕާޓީން ވަކިކުރީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ޕާޓީގެ ސުލޫކީ ކޮމެޓީގެ 5 މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.

އޭރު ޕީޕީއެމްއިން ބުނީ ރައީސް މައުމޫނަށް ޖަވާބުދާރީވުމަށް ފުރުސަތު ދިން ނަމަވެސް ޖަވާބުދާރީވުމަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ މެމްބަރުކަމުން މައުމޫނު ވަކިކުރުމަށް ކައުންސިލްއިން ހުށައަޅަފަިއވާ ގޮތަށް ސުލުކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ރައީސް މައުމޫން އާއި ދެކޮޅަށް އޭރު ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ފާޅުކަން ބޮޑު ގޮތެއްގައި ފޯރަމްތަކާއި ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ފިކުރާ ދެކޮޅު ވާހަކަތައް ދައްކަވަމުން ގެންދެވާ ކަމަވެއެވެ. އަދި ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަދައްކަވާ އިދިކޮޅު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވި މައްސަލަ ވެސް ހިމެނެއެވެ.

ނަމަވެސް މިކަންކަމާއި ދެކޮޅު ހައްދަވާ މައުމޫނު ވިދާޅުވެފައިވަނީ އެމަނިކުފާނު ޕީޕީއެމް އިން ވަކި ނުކުރެވޭނެ ކަމަށާއި، މަގާމުން ދުރުކުރަން އަސާސީ ގަވާއިދުގައި ބުނެފައިވާ އެއްވެސް ހާލަތެއް އަދި އެއްވެސް ސަބަބެއްވެސް ކުރިމަތިވެފައި ނެތްކަމަށެވެ.

“ސަންގު ޓީވީ” އަށް ދެއްވި ހާއްސަ އިންޓްވިއުއެއްްގައި މައުމޫނާއި ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އުފެދި، ޕާޓީން ވަކިކުރީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލުކުރުން ރައީސް ޔާމީން ވިދާޅުވީ، އޭރު ޕީޕީއެމް ވެރިކަމުގައި އޮތްއިރު ޕާޓީގެ ސިޔާސަތުތަކާއި ގުޅިގެން ރައީސް މައުމޫނާއި، މައުމޫނުގެ ބައެއް ކުދިން ހިޔާލުތަފާތުވުމުން، ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބެ އެއްވެސް ރަސްމީ މަޝްވަރާއެއް ނެތި ބަޔާންތައް ނެރެ، ޕާޓީއަށް ފާޑު ވިދާޅުވިކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއީ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނު އިސްވެ ހުންނަވާ ކުރެއްވިކަމެއްކަމަށެވެ.

“ފާރިޝް އާއި ޔުމްނާ އާ ފާރިޝް އިސްވެ ހުންނަވައިގެން، މަޖިލީހުގެ ތެރޭގައި ޕާޓީގެ ޕޮޒިޝަން ދޫކޮށްލާފަ އެމްޑީޕީއާއި ގުޅިގެން މަސައްކަތް ކުރަން ފެށީ”

މި މައްސަލަ އާއި ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕުގައި ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްފަހު އެމަނިކުފާނާއި ހަމައަށް މައްސަލަ ގެނައުމުން ޑިސްޕްލިން ފިޔަވަޅު އަޅަންކަމަށް ނިންމެވީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އެއީ ފާރިޝަ އަކީ އޭރު ޕީޕީއެމްގެ މެންބަރެއް. ދިއްގަރު ދާއިރާގެ ޕީޕީއެމް ތަމްސީލުކުރައްވާ މެންބަރު. އެހެންވީމަ ޕާޓީގެ ވިޕްލައިން އާއި ހިލާފަށް ތަކުރާރުކޮށް މިކަހަލަ ކަންތައްތަކެއް ނުކުރެވޭނެ. ދެން ފާރިޝް އާއި ދޭތެރޭގ ޑިސްޕްލިން ފިޔަވަޅޫ އެޅީ. ޑިސްޕްލީން ކޮމިޓީއަށް މައްސަލަ ހުށައެޅިމަ ފާރިޝް ޝޯވ އަޕްވެސް ނުކުރި”

ޑިސްޕްލީން ކޮމިޓީއަށް ހާޒިރުވުމަށް އެއްގެވި ނަމަވެސް ފާރިސް ހާޒިރު ނުވުމުން ކޮމިޓީއަށް ހުށައެޅިފައިވާ ލިޔުންތަކަށާއި އަދި ކޮށްފަިއވާ ކަންތައްތަކަށް ބަލާ ކޮމިޓީން ނިންމީ ފާރިޝް ޕާޓީން ވަކިކުރުމަށްކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ފާރިސް އަށް ލިބިފައިވާ ފުރުސަތުގެ ދަށުން އެކަންތައް އިސްތިއުނާފު ކޮމިޓިއަށް ހުށައަޅައިގެން ކަން ހިގައި ދިޔަ ގޮތް ފާރިސް ބަލަން ބޭނުން ނުވިކަމަށެވެ. އެހެންކަމުން ފާރިސް ރަސްމީކޮށް ޕީޕީއެމްއިން އެ ވަކިވީކަމަށާއި ނަމަވެސް ރައީސް މައުމޫނު އެކަން ގަބޫލުނުކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ފާރިސް ޕާޓީން ކަނޑާލުމުންވެސް ރައީސް މައުމޫނު ބޭނުވެލެއްވީ ޕާޓީގެ ކައުންސިލް ޖަލްސާތައް ފާރިސްއާއިއެކު ގެންދަވަންކަމަށް ފާހގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިކަމާއި ޕީޕީގެ ކައުންސިލުގައި ތިބި އެހެން މެންބަރުން ނުރުހުނުކަމަށެވެ.

“ރައީސް މައުމޫން ކައުންސިލަށް ހަމަ ފާރިސް ގޮވައިގެން ވަޑައިގަންނަވަނީ. ދެން ކައުންސިލްގަ ޕީޕީއެމްގެ މަޖިލީސް މެންބަރުން ވިދާޅުވީ ފާރިސް މިތާ އިންނަވާކަމުގައި ވަންޏާ، ތިމަންނަމެންނަކަން މިކަމެއް ގަބޫލެއްނުކުރެވެޔޭ. ފާރިސްއަކީ މިހާރު ޕާޓީން ކަނޑާލާފައި ހުރި މީހެކޭ”

ރަސްމީކޮށް ނިންމަންޖެހޭ ކަންތައްތައް ނިންމީ ޕީޕީއެމްގެ ގަވާއިދާއި އެއްގޮތަށް ޕާޓީގެ ޑިސްޕްލިން ކޮމިޓީއިން ފާރިސް ވަކިކުރުމަށް ނިންމި ނިންމުން ރައީސް މައުމޫނު ގަބޫލުނުކުރެވުމުންކަމަށް ވިދާޅުވެ ރައީސް ޔާމީން އިޝާރާތްކުރެއްވީ ޕާޓީން ރައީސް މައުމޫނު ވަކިކުރެއްވުމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: