ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސްގައި ބައިވެރިވި ގޮފިތަކުގެ ރައީސުންތެރޭ އާންމު ރައްޔިތުންނެއް ނެތް، ތިބީ ފެނަކަ މުވައްޒަފުން: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވި ގޮފިތަކުގެ ރައީސުންގެ ތެރޭގައި އާންމު ރައްޔިތުންނެއް ނެތްކަމަށާއި ތިބީ ފެނަކަ މުވައްޒަފުންނާއި ކުންފުންނިތަކުގެ މުވައްޒަފުންކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެމްޑީޕީގެ ކޮންގްރެސް ނިމިގެންދިޔައީ އުއްމީދުކުރި ގޮތައްތޯ ސުވާލުކުރުމުން އިބްރާހީމް ރަޝީދު ވިދާޅުވީ ކޮންގްރެސް ބޭރަށް ފެނުނީ ވަރަށް ނަލަކޮށްކަމަށެވެ. ނަމަވެސް ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އައި ކޮންގްރެސްމަނުންނަކީ އުސޫލާއި ހިލާފަށް އައި ބަޔެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ކޮންގްރެސްގައި ތިބީ މަސްލަހަތުހުރި ކުންފުނިތަކުގެ މުވައްޒަފުންނާއި ވަޒީރުންގެ އާއިލާ މެންބަރުންކަމަށެވެ.

“ އެކަމު ކޮންގްރެސްގެ ވެއްޖެއާ އަންނަޖެހޭ މީހުންނަކީ ޕާޓީގެ ތެރޭޣައި ވެއްޖެއާ އަންނަންޖެހޭ އުސޫލުތައް، އެ ގޮތަކަށް އައި ބައެއް ނޫން އެއިކީ. އެއީ ފެނަކައިން ހޮވާލި މީޙުންކޮޅަކާއި، އަމީރުގެ ކޮށްކޮމެން ކޮޅަކާ“

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ ގޮފިތަކުގެ ރައީސުންނަށްކަމަށާއި މިއީ ޕާޓީގެ ރައީސް މުހައްމަދުު ނަޝީދު ވަރަށް ބޮޑަށް ބައްލަވާކަމެއްކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ އެގޮތުން ގޮފިތަކަށް ގުޅާ ބެލިއިރު ގިނަ ގޮފިތަށް އުފެދިފައިވަނީ ރައިސް އޮފީހުންކަމަށެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ އާންމުންގެ ތެރޭގައި ގޮފިތަކުގެ ރައީސުން ނެތްކަމަށެވެ.

އިބްރާހީމް ރަޝީދު މިފަދައިން ވާހަކަދައްކަވާފައިވާއިރު އެމްޑީޕީގެ ކޮންގްރެސްގައި ގޮފިތައް ތަމްސީލު ކުރުމަށް ވަޑައިގަންނަވާފައިވާ ގިނަ އަދަދެއްގެ މަންދޫބުންނަކީ، ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް ބައިވެރިވެފައިވާ މަންދޫބުންތަކެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ިއާއިއެކު ކޮންގްރެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ކޮންގްރެސް ބައިވެރިންވަނީ އަޑުގަދަކޮށް ރިޔާސަތައް ތަން ކޮންޓްރޯލްނުކުރެވޭ ވަރު ކޮށްފައެވެ.

ފަހުން ހަބަރުތައް ފެތުރުނު ގޮތުގައި ކޮންގްރެސްގައި ރައީސް ނަޝީދަށް ފާޑުކިޔައި، ފުރައްސާރަކޮށް ޖެއްސުން ކުރުމުގެ އަމަލުތައް ކުރުވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު އަންގައިގެން އޭނާގެ މުވައްޒަފުންނެވެ.

“ސަންގަށް” މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކޮންގްރެސްގައި ރައީސް ސޯލިހް ފެކްޝަނަކާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފިނަމަ އެމަނިކުފާނުގެ “ބޮލަށް އަރައިގަންނަން” ސައީދު އޮތީ ފެނަކައިގެ މުވައްޒަފުންނަށް އަންގާފައެވެ. ސައީދު އޮތީ ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން ގޮފިތައް ހަދައި އެގޮފިތަކުގެ މަންދޫބުން ކޮންގްރެސް އަށް ގެނެސްފައެވެ.

ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ ސައްހަ ކަމާއިމެދު ނަޝީދު ފާޅުކުރެއްވި ހިޔާލަށް ރައްދު ދިނުމުގެ ގޮތުން ކޮންގްރެސްގެ ތެރޭގައި އަޑުގަދަކޮށް އެމަނިކުފާނަށް ފުރައްސާރަ ކުރީ ސީދާ ފެނަކައިގެ އެމްޑީ ސައީދު އަންގައިގެން ކަމަށް އެކަން ކުރި ބައެއް މީހުން “ސަންގަށް” މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ކޮންގރެސްގައި ރައީސް ނަޝީދަށަް އަނމާޒުކޮށް އަޑުގަދަ ކުރި މީހުންގެ ތެރޭގައި ވެންޓިލޭޓަރުގެ ހިޔާނާތުގެ ތުހުމަތުކުރެވުނު މީހަކުވެސް ހިމެނޭކަމަށާއި އެއީވެސް ފެނަކަ މުވައްޒަފެއްކަމަށެވެ.

“ ރައީސް ނަޝީދާއި ދިމާލަށްވެސް އަތް ދިއްކޮށްފަ ހަޅޭލެވީ އެއްކަލަ ވެންޓިލޭޓަރު ވައްކަން ކޮށްގެން ހުރި އެންމެ ބޮޑު ންޓްވޯކްގެ ކާޓެލް ތެރޭގައި ހުރި އެކަކު، މިހާރު އޭނަ އެހުންނަނީ ކޮންމެސް ފެނަކައިން ކަންނޭގެ ތަނަކުން ވަޒީފާއެއްދީފަ. ދެން އޭނަގެ ކަމަކީ ރައީސް ނަޝީދަށް އަތް ދިއްކޮށްފަ ހަޔާތް ގޮވުން“

ޕާޓީގެ އަސާސީ ގަވާއިދަށް ވަނީ ގޮފިތަކުގެ ރައީސުން ކޮންގްރެސްގައި ބައިވެރިވުމާއި ގުޅޭ އިސްލާހެއްވެސް ހުށައަޅާފައެވެ. ގޮފިތަށް ރަނގަޅަށް ނުހިގާކަމަށް ބުނެ ގޮފިތަކުގެ ރައީސުންގެ ބައިވެރިވުން ޕާޓީގެ ކޮންގްރެސްގައި ނުހިމެނުމަށް ހުށައެޅުނު މި އިސްލާހު ފާހެއްނުވެއެވެ.

 

ވަރަށް ގަދަ
89%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: