ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާޒު އިބްރާހިމް ރައީސް އޮފީހަށް ވަޑައިގެންނެވީ ހިޔާނަތުގެ މައްސަލައިގެ މައުލޫމާތުތަކާއި އެކުއެއް ނޫން: ރައީސް ޔާމީން

ކުރީގެ އޮޑިޓާރ ޖެނެރަލް ނިޔާޒް އަދި ރައީސް ޔާމީން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން އަރިހަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައިގައި ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ ނިޔާޒް އިބްރާހިމް ދެއްކެވި ވާހަކައަކީ އެމްއެމްޕީއާރުސީ އާއި އެމްޕީއެލްއާއި ދޭތެރޭގައި ހިނގާ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ހިނގާ ކަމާއި އެކަމަކީ އެހާރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވުމަށް ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވަން ފެންނަ ކަމަށް ރައީސް ޔާމީނަށް ނިޔާޒް އިބްރާހިމް ލަފާ އެރުއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމީން ނިޔާޒުގެ ފަރާތުން އެކަން ގޯސްވަނީ ކޮން ސަބަބަކާއި ހުރެތޯ އެއްސެވި ކަމަށް ވިދާޅުވިއެވެ.

ދިރާގުން ނާއި އެސްޓީއޯ އިން ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ކަމަށާއި އެމްއެމްއޭ އަށް ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަށް އެދި ހުށައަޅާ ކޮންމެ ފަރާތަކަށް އެ އިދާރާއިން ރިވިއު ކުރާ މިންގަނޑުތަކަށް ފެތޭ ކަމަށްވަންޏާ މަނީ އެކްސްޗޭންޖް ލައިސަންސް އެފަރާތްތަކަށް ދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޕީއެލް ގަވާއިދުން އެމްއެމްއޭ އިން މަނީ އެކްސްޗޭންޖް ލައިސަންސް ނަގައިގެން އެކަން ކުރާނަމަ އެކަން ކުރެވިދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ދައުލަތުން ބޭރުފައިސާ ހޯދަންޖެހޭ ކުންފުނިތަކަށް ބޭރުފައިސާ ސެންޓްރަލް ބޭންކްގެ ތެރެއިން ނޫނީ ކޮމާޝަލް ބޭންކް ތެރެއިން ނުލިބުމުން އެމީހުން އަމިއްލަ އެރޭންޖްމެންޓް ތަކެއް ހަދައިގެން އެކަން ކުރުމަކީ އެންމެ  ކުރީއްސުރެ ހިނގަމުންދާ ކަންތައްތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްޓީއޯ އަށް ކާޑުގެންނަން ވާ ފައިސާ ނުވަތަ ތެޔޮ ގެންނަންވާ ފައިސާ ނުލިބުމުން އެ ފައިސާ ބޭންކެެއްގެ ތެރެއިން ލިބޭތޯ ބަލަން ނުތިބޭ ކަމާށާއި ސަބަބަކީ އެތަންތަނަކީ ރައްޔިތުންގެ ހައްގުގައި އެއަށް ވުރެ ބޮޑު ޒިންމާ އަދާކުރަންޖެހޭ ތަންތަން ކަމަށެވެ.

އެހެންކަމުން އެމްޕީއެލް އިން ބޭނުންވާ ޑޮލަރު ނުވަތަ ފައިސާ ކޮމާޝަލް ބޭންކަކުން އެމްޕީއެލް އަށް ނުލިބުމުން ޕޯޓް ހުއްޓޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އެހެން ކަމުން އެމްޕީއެލް އިން ޑޮލަރު އެއްކުރުމުގެ ބޭނުމުގައި ނޫނީ އެކަން ނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ދެކުންފުނީގެ ބޯޑުން ފާސްކޮށް އެގްރިމެންޓްތަކާ އެއްގޮތަށް ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ކަމަށާއި އެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެކަމުގައި އޮޑިޓަރ ޖެނެރަލް ބެހެން ޖެހޭ ތަނެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

” އޮޑިޓަރ ޖެނެރަލް ބެހެންޖެހޭނީ އެގްރީމެންޓްތަކާއި އެއްގޮތަށް ވައިލޭޓް ކުރަމުންދާކަމުގައިވާނަމަ. އެއް ފަރާތުން ނަގާފައިސާ ދިވެހި ރުފިޔާއިން ނަގާ ފައިސާ ޑޮލަރު ނުލިބެންޏާ ނޫނީ ޑޮލަރު ވިއްކާފައި ހުންނަ މީހާ އަށް ދިވެހި ރުފިޔާ ނުލިބި ބޮޑު ކުންފުނިތަކެއް ތެރޭގައި މިކަހަލަ މައްސަލަ ތަކެއް އުޅޭ ކަމަށް ވަންޏާ އެ މައްސަލަތައް ނެގިދާނެ އޮޑިޓަރ ޖެނެރަލް އަށް. އެކަމު އޭގެ ކުރިން ކުންފުނިތަކުގެ ސީއީއޯ ވެސް އަދި ކުންފުނިތަކުގެ ފައިނޭންޝަލް ކޮންޓްރޯލަރ ވެސް އެމައްސަލަ ތައް ނަގާނެ. އެހެންވީމަ ދައުލަތުގެ އޮޑިޓަރ ޖެނެރަލް އަދި އެހިސާބަކުން މީގެ ތެރެއަށް ވަންނަން ޖެހޭ މައްސަލައެއްވެސް ނޫން އެއީ. އެއީ އޮޑިޓަރ ޖެނެރަލް މީގެން އެއްވެސް ތަނެއް އޭރު އޮޑިޓް ވެސް ނުކުރޭ. އެހެންވީމަ އެވާހަކަ ހިފައިގެން ނިޔާޒް އަޅުގަނޑު ކައިރިއަށް އައީ.  ރައީސް ޔާމީން

އެހެންކަމުން އެކަމަކީ އެމްއެމްޕީއާރުސީގެ މައްސަލަ ނޫންކަމަށާއި އޭރު އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފަށާފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އޭރު އޮޑިޓަރ ޖެނެރަލް އަށް އެމްއެމްޕީއާރުސީގެ މައްސަލައެއް އުޅޭކަން ވެސް އޭރު ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މިހާރު އެހުރިހާ ކަމެއް ހިނގައިދިއުމުން ރައީސް ޔާމީން އަރިހުގައި އެދުވަހުވެސް އެހެން ބުނިކަމަށާއި އެކަންކަން ހުއްޓުވިނަމަ އެހެން ނުވީހޭ ބުނުމަކީ އެގޮތަށް އޮންނަ ކަމެއް ނޫން ކަމަށާއި އެކަންކަން ހުއްޓުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

” މިކަންކަން ހުއްޓުވަން ޖެހޭނީ ރައީސް އެއް ނޫން. މިކަންކަން ހުއްޓުވަން ޖެހޭނީ ހުއްޓުވަން ޖެހޭ ފަރާތްތަކުން. އެފަރާތްތަކަކީ އޭސީސީ އާއި އޮޑިޓަރ ޖެނެރަލް އާއި މިހެންތިބި ފަރާތްތައް އެބަހުރި. އެތަންތަން އެމީހުން ނަށްވެސް ނުހުއްޓުނީމަ ދެން ރައީސް ކައިރި ބުނާނީ ރައީސް އޭ ތިމަންނަމެންނަކަށް މިކަމެއް ނުވިއޭ. މިވެނި މިވެނި ފިޔަވަޅު އަޅައިދޭށޭ. އެގޮތަށް ފިޔަވަޅު އަޅަން ބުނާކަމަށް ވަންޏާ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރުވެސް ބަދަލުކުރެވޭނެ. ޓޫރިޒަމް މިނިސްޓަރުވެސް ބަދަލު ކުރެވޭނެ. އަދި ނައިބު ރައީސް ކުރާ ކަންތައްތައްވެސް ގާނޫނާއި ހިލާފަށް ކުރާކަމަށްވަަންޏާ ރައީސަށް އެނގިއްޖެ ކަމަށް ވަންޏާ އެކަންވެސް ހުއްޓުވޭނެ.” ރައީސް ޔާމީން

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި، ނިޔާޒް މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ތެރެއިން އޭސީސީގެ ބައެއް މެމްބަރުންނާ އާއިލީ ގޮތުން ގުޅުން އޮތް ފަރާތްތައް ހިމެނޭއިރު، އެ ބޭފުޅުންގެ މައުލޫމާތު އޭސީސީއާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް ރިޕޯޓުގައި އެ މީހުންގެ މައުލޫމާތު ހިމަނާފައި ނެތްކަމަށް އޭނާ ވިދާޅުވެ އެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: