ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީހެބް ފުރިހަމަކުރި ގައިދީން ދޫކޮށްލުމަކީ، މުޖުތަމައު ސަލާމަތްކުރަން އެޅުން އުސް ފިޔަވަޅެއް: އިމްރާން

މިނިސްޓަރު އިމްރާން: ފޮޓޯ/ ކަރެކްޝަނަލް ސާވިސަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ގައިދީންތަކެއް، ރީހެބް ފުރިހަމަ ކުރުވައި، މުޖުތަމައުގެ ތެރެއަށް ނެރުމަކީ، މުޖުތަމައު ސަލާމަތް ކުރުމަށް އެޅުނު އުސް ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރ ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަކުރި 32 ގައިދީން ޝަރުތުތަކާއިއެކު، އާއިލާއާއި ހަވާލު ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ، އިމްރާން ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި މަސްތުވާތަކެތިން ރިހެބިލިޓޭޓް ކުރުމަށް ފެށި ޕްރޮގްރާމް ފުރިހަމަ ކުރި ގައިދީން، މުޖުތަމައަށް އަހުލުވެރި ކުރުމަކީ، އެ ތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ މަގަށް އެޅުނު އިސް ފިޔަވަޅެއްކަމަށެވެ.

 

މީގެ އިތުރުން އިމްރާންވަނި އެހެން ފުރުސަތެއްގައި، އިސްލާހީ މަސައްކަތަކީ، ހަމަ އެކަނި، ދައްކާލާ ވާހަކައަކުނ،ް ނުވަތަ، ކުރު މުއްދަތެއްގެ މަދު މަސައްކަތަކުން ވާނެ ކަމެއް ނޫންކަމަށް ސިފަ ކުރައްވާފައެވެ. އަދި ހެޔޮ ބަދަލެއް ގެނެވޭނީ، އެއް އަމާޒަކަށް، ދިގު މުއްދަތަކަށް، ފޫހިކަމަކާއި ވަރުބަލިކަމެއް ނެތި ކުރެވޭ ގިނަ ބުރަ މަސައްކަތުންކަމަށްވެސް ވިދާލުވެފައެވެ.

ކަރެކްޝަނަލް ސާވިސްއިން އާންމުކޮށްފައިވާ ގޮތުން، ޖަލުގައި ކުރިއަށް ގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން އާއިލާތަކާއި ހަވާލު ކުރެވިފައިވާ ގައިދީންތައްވަނީ އެއް އަަހަރު ދުވަހުގެ މުއްދަތަކަށް ޝަރުތުތަކެއް ކުރެވިފައެވެ. އަދި ކަރެކްޝަންއިން އެ މީހުންގެ ކަންކަން މޮނީޓަރ ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: