ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޑޭ މުޒާހަރާގަ ގޮޅިއަށް ލީމަ ކެތް ނުކުރެވިގެން އިމްރާން ރުއި: ބޮންޑެ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

“މޭޑޭ މުޒާހަރާ” ގެ ތެރެއިން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބަންދުކުރުމުން ކެތްނުކުރެވިގެން ރުއިކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އިމްރާން ހައްޔަރުކޮށްފައިވަނީ މެއި 2015 ވަނަ ދުވަހު “އަނިޔާވެރިކަން ނިންމަން” މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ތުހުމަތުކޮށެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ރައީސް ނަޝީދު 18 މަސް ދުވަހު ޓިނު ހަދާފަ ހުރި ކުޑަ ގޮޅިއެއްގައި ކެތްތެރިކަމާއިއެކު އެ ހޫނުގައި އިންނެވިކަމަށެވެ.

“ދޫނިދޫ ޖަލުގަ، މިހާރު ޖަލެއް ނޫން އޭރު ހުރީ. ހިޔާލަށްވެސް ނުގެނެވޭނެ. އެއީ ޓިނުން ހަދާފަ ހުންނަ ކުޑަކުޑަ ގެއެއް، ޓިނު ގޮޅިއެއް. އެ ގޮޅި ތެރޭގައި އެ ހޫނުގަ ރައީސް ނަޝީދު ބައިންދާފަ އިން 18 މަސް ދުވަހު. އަނެއްކާ ޖެނެރޭޓަރެއްގަ އައްސާފަ ޗޭނު ޖަހާފަ، އަވީގަ”

އިބްރާހީމް ރަޝީދު ވިދާޅުވީ ޒަރޫރީ ބޭނުންތައް ފުއްދާނެ އިންތިޒާމްތައްވެސް ހަމަޖެހިފައި ނެތްކަމަށާއި ލިބޭނީ އެއް ލީޓަރުގެ ފެންފުޅިއެއްކަމަށެވެ. އޭނާ ވިދާޅުވީ އޭރު ރައީސް ނަޝީދު ޖަލުގައި އިންނެވިއިރު ފާހަނާ ކުރަންވެސް ޖެހުނީ ޑަބިޔަލަކަށްކަމަށެވެ.

” ދުވާލަކު އެއް ލީޓަރު ފެންފުޅި ދިނީ، ފެނެއް ނުވެރޭ ޑަބިޔަލަކަށް ފާހަނަ ކުރަންޖެހެނީ. ޓައްޕެއް އެތާ އިންނަނީ ބައިންދާފަ”

އިބްރާހީމް ރަޝީދު ސުވާލުއުފެއްދެވީ މިހާލުގައި ކެތް ވާނީ ކާކައްކަމާއިމެދުގައެވެ.

އޭނާ ދެން އިޝާރާތް ކުރެއްވީ “މޭޑޭގެ މުޒާހަރާގައި” އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން އަބްދުﷲ ހައްޔަރުކުރިކުރުމަށެވެ. މޭޑޭގެ މުޒާހަރާގެ ތެރެއިން ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅިގެން ޕީޕީއެމްއަށް ގިނަ ތުހުމަތުތަކެއް ކުރެއްވުމަށްފަހު އިމްރާން ފިއްލެވީކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

“އެދުވަހު ވާހަކަދައްކާފަ ވަކި ހިސާބަކުން ފިލާފި މި މީހުން. އަޅުގަނޑު މިއީ އެއިރު 2015 ގަ މުޒާހަރާގަ ހުރި މީހެއް. ފިލާގެން ވީނުވީއެއް ނޭގިގެން، މިސްކިތައް ކަލޭމެން ދާށޭ ކިޔާފަ، މިސްކިތައް އަރުވާފަ ޝެއިހު އިމްރާން އާއި މީހުން ފިލާފި. ދެން އަޅުގަނޑާއި ޝިއްޕެއާ މަބްރޫކު އާ މި މީސް މީހުން ގޮސް މަގުމަތީ ވީނުވީއެއް ނޭގިގެން. އަޅުގަނޑުމެން ނުކުރޭނުން އެމީހުން ދޫކޮށް ފަ ދާކައް”

އިބްރާހީމް ރަޝީދު ވިދާޅުވީ އެބޭފުޅޫން ޖަލައް ދާން ޖެހުނީ އިމްރާން ފިލުމުން އޭޏާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންކަމަށެވެ.

“ގޮސް އިސްކަންދަރު ކައިރީ އުޅޭނިކޮށް، އެތަނުންގޮސް ކަންފަތް މަތީ ޖަހާފަ އަނެއްކާވެސް ގެންގޮސް ޖަލަށް ލޯ މަތީ ޖަހާފަ ޖަލަށް ލީ އެއްކަލަ ގޮޅިއަށް”

އޭނާ އިނީ ޝެއިހު އިމްރާން އިން ގޮޅިގެ ފުރަގަހަށް އިން ގޮޅީގައިކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ އިމްރާން ރޯ އަޑު އިވުނުކަމަށެވެ.

” އަޅުގަނޑު އެ ގޮޅިގެ ފުރަގަހުގަ އިންދާ ހަމަ ރޮނީ ރޮނީ ރޮނީ، ދެން ކިޔަވާ އަޑާ، މީނަ ގޮޅިން ނިކުންނަވެގެން ކޮންމެ ރެއަކު އާދޭސްކޮށްގެން ކަޝްރަތަށްދޭ. އިމްރާންމެން ކަޝްރަތަށޭ ކިޔާފަ އަލީ ވަހީދާ އޭނަ އާ ދެމީހުން އަޅުގަނޑު ގޮޅި ކުރިމަތިންދާނީ “

އިބްރާހީމް ރަޝީދު ވިދާޅުވީ އޭނާ ގޮޅިން ނެރުމުން ސަލާމަތްކޮށްދިނުމަށް އިމްރާންގެ ނަން ބުނުމަށް އޭނާ އެދުނުކަމަށެވެ.

އިމްރާންއަކީ ވަރަށް ފިޑި މީހެއްކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ސުވާލުއުފެއްދެވީ އެވަރުގެ ބަޔަކު ރައީސް ނަޝީދުފަދަ ގިނަ ގުރުބާންތަކެއް ގައުމަށްވީ ބޭފުޅާކާއި ވާދަކުރައްވާނީ ކިހިނެއްކަމާއިމެދުއެވެ.

މަޝްހޫރު މޭޑޭ މުޒާހަރާގައި، ރައީސް ނަޝީދަށް އަމާޒު ކުރައްވައި އިމްރާން ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

2013 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، “ޖުމްހޫރީ ގުޅުން” ގެ ނަމުގައި މަސައްކަތް ކުރަމުން އައި ކޯލިޝުގެ ޖަލްސާއެއްގައި އިމްރާން ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އަދުއްވެއްކަމަށާއި، އެމަނިކުފާނަށް ތާއީދު ކުރާނީ ވެސް އިސްލާމްދީނުގެ އަދުއްވުން ކަމަށެވެ. އެއީ ދިވެހި ގައުމިއްޔާތާއި ދެކޮޅު ބައެއްގެ ގޮތުގައި ސިފަ ކުރައްވައި އިމްރާން ވިދާޅުވީ، އެފަދަ މީހުންގެ މަގްސަދަކަށް ވާނީ ގައުމުގެ މިނިވަންކަން ނަގައިލުންކަމަށެވެ. އިމްރާން ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ، ދިވެހިރާއްޖެއިން އިސްލާމް ދީން ފޮހެލައި ގައުމީ މިނިވަންކަން ފޮހެލުމަށް ހުޅަނގުގެ ގައުމުތަކުން ތައްޔާރުކޮށް ފޮނުވާފައިވާ އެޖެންޓެއް ކަމަށެވެ. އަދި ރައީސް ނަޝީދާއި، އެމްޑީޕީ ހިންގަނީ ހުޅަނގުގެ ގައުމުތަކުގެ ބުދު ފަޅިއްތަކުގެ ފަނޑު ފައިސާއިންކަމަށް ތުހުމަތުކޮށް ވިދާޅުވީ ރައީސް ނަޝީދަށް ކަމެއް ވާ ދުވަހަކުން އެކަމާއި މެދު އެންމެ ހިތާމަ ކުރާނީ ފާދިރީން ފަދަ އިސްލާމް ދީނާއި ދެކޮޅު ވިސްނުން ގެންގުޅޭ މީހުންކަމަށެވެ.

އިމްރާންއަކީ ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ ރިވެތި އުސޫލު ދެމެހެއްޓުމަށްކަމަށް ބުނެ ގިނަ މަސައްކަތްތަކެއް ކުރައްވަން ވައުދުވެވަޑައިގަނެގެން އެކަމަށް ވަކާލާތު ކުރައްވަމުން އަންނަ ބޭފުޅެކެވެ. ނަމަވެސް މިމަގުން އޭނާއަށް މަސައްކަތް ނުކުރެވޭކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އިމްރާންއަށް އަމާޒުވަމުންނެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: