ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްގެން ވޯލްޑްކަޕް ބަލަން ދިއުމުގެ ފުރުސަތު!

އުރީދޫ "ވޯލްޑް ކަޕް ފޯރި ލަކީޑްރޯ": ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްގެން، ފީފާ ވޯލްޑްޕް މެޗެއް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫންއިން އާންމުކޮށްފައިވާގޮތުން، “ވޯލްޑް ކަޕް ފޯރި ލަކީޑްރޯ” ގެ ނަމުގައި ހުޅުވާލެވިފައިވާ މި ފުރުސަތުގައި، އެ ކުންފުނީގެ ކޮންމެ ހިދުމަތެއް ބޭނުންކޮށްގެންވެސް  ބައިވެރިވުމުގެ ފަރުސަތު އޮވެއެވެ.

“ވޯލްޑް ކަޕް ފޯރި ލަކީޑްރޯ” ގައި ބައިވެރިންގެ ތެރެއިން ހޮވާލެވޭ ހަތަރު ފަރާތަކަށް އުރީދޫއިން ދޭ އިނާމަކީ، އެ ކުންފުނީގެ ހަރަދުގައި ފިފާ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތެވެ.

މި ލަކީ ޑްރޯގައި ބައިވެރިވެވެނީ އުރީދޫގެ ކަސްޓަމަރުންނަށް އެކަންޏެވެ. އެގޮތުން އޮގަސްޓު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރީޗާޖު ކުރާ ބޭފުޅުން، ޕޯސްޓު ޕެއިޑާއި އެހެނިހެން ބިލުތައް ދައްކާ ބޭފުޅުން، އަދި އެޑް އޮން ޕެކެޖު ނަންގަވާ ބޭފުޅުންނާއި، އަލަށް ހިދުމަތެއް ނަންގަވާ ފަރާތްތައްވެސް މި ލަކީ ޑްރޯގައި ބައިވެރި ކުރާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މީގެ އިތުރުން، އަލަށް އުރީދޫ އާއި ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނާއި، ސާވިސް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށްވެސް “ވޯލްޑް ކަޕް ފޯރި ލަކީޑްރޯ”ގައި ބައިވެރިވެވޭނެއެވެ.

4 ފަރާތަކަށް ގަތަރަށް ދިއުމުގެ ފުރުސަތުގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ގެންދާ ދުވަސްތަކުގައި ކޮންމެ ހަފްތާއަކުވެސް އެ ކުންފުނީގެ ފަރާތުން ދޭ އިނާމުތަކެއް ލިބުމުގެ ފުރުސަތުވެސް އުރީދޫއިންވަނީ ފަހިކޮށްފައެވެ.

މި ލަކީ ޑްރޯގެ ނަސީބު ވެރި ފަރާތްތައް ހޮވާލާނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: