ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ވިއްކެން އޮތް ހަމައެކަނި އެއްޗަކީ، “ސްލޯ”ކަން: މަލީހު

މުހައްމަދު މަލީހު ޖަމާލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް، “ސްލޯ” ކަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ވިއްކެން ނެތްކަން އެމަނިކުފާނުވެސް ގަބޫލު ކުރައްވާނެކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަންސް މިނިސްޓަރެއްގެ މަގާމު އަދާކުރައްވާފައިވާ، މަލީހު ރައީސް ސާލިހަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ވިދާޅުވީ، އެމްޑީޕީ ހަލުވި ދުވެއްޔެއްގައި މަސައްކަތްތަކެއް ކުރަނީ، ހަމަ އެކަނި، ބަންދު ދުވަސްތަކުގައިކަމަށެވެ.

“ސްލޯ” ޖަހާފައި އިން ފޮޓޯއަކަށް އިޝާރާތްކުރައްވާ، އެއީ އެމްޑީޕީއިން 2023ގެ ރިޔާސީ އިންތިހާބަށް ބޭނުން ކުރާ ޝިޔާރުކަމަށް ސިފަކުރައްވާ މަލީހު ވިދާޅުވީ، އެ ޕާޓީގެ 2023ގެ ސްލޯގަން އާންމުވެފައިމިވަނީ، ކުރަންވީ ދުވަހަށްވުރެ، އަވަސް ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް، ރައީސް ސާލިހަށްވެސް ބަރުހެލިކަން ފިޔަވާ، އިތުރު ކަމެއް ރައްޔިތުންނަށް ވިއްކެން ނެތްކަން ގަބޫލު ކުރެވިފައިވާނެކަމަށް މަލީހު ވިދާޅުވިއެވެ.

 

ރައީސް ސާލިހަށް ފާޑުކިޔުންތަކެއް އަމާޒު ކުރެއްވި މަލީހުވަނީ، ދާދި ފަހުން، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތައުރީފު ކުރައްވާފައެވެ.

މަލީހު ވިދާޅުވީ، ރައީސް ޔާމީނަކީ، ދިވެހިރާއްޖޭގެ ތާރީހު ދެކިފައިވާ އެންމެ އިންގިލާބީ ވެރިޔާކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިހުވަނީ، އެހެން އެއްވެސް ވެރިޔަކު ތަހައްމަލު ކުރަން ނުޖެހޭހާ ގިނަ ދުވަސްތަކެއް ރައީސް ޔާމީނަށް ޖަލުގައި ތަހައްމަލު ކުރުމަށް ޖައްސާފައިކަމަށާއި، އެއީ ލާއިންސާނީ އަމަލެއް ކަމަށްވެސް މަލީހު ސިފަކުރެއްވިއެވެ.

މަލީހު ވިދާޅުވީ، ރައީސް ޔާމީނާއިމެދު، ރައީސް ސާލިހު އަމަލު ކުރައްވާފައިވާ ލާއިންސާނީ ގޮތަށް އެމަނިކުފާނު ފުރިހަމައަށް ޒިންމާ ނަންގަވަންޖެހޭނެކަމަށެވެ. އަދި ކުރިއަަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ، ރައީސް ޔާމީން ކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދެވަނަ ދައުރު ފެށެން ދެެން އޮތީ އެއް އަހަރު ދުވަސްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަލީހު އަށް.
    ވެދުން ސަލާމް.
    ކިތޭވަރަށް ވައި ޖެހިޔަސް ކުރިޔަށް އޮތް ވެރިކަމުގަ ވައި ނާރަނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: