ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ކުރަން ސޯލިހު، ނަޝީދަށް ވުރެ ވެސް ގޯސް: މަލީހު

ރައީސް ސޯލިހާއި، މަލީހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ، ދެވަނަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވީ، ޅ ހިންނަވަރު ނޫރާނީއާގެ، އިބްރާހިމް މުހައްމަދު ސާލިހަކީ، ދުލި ދޫކޮށްފައި ނުކުންނަވާ ހުންނެވި، ކެނެރީގެ މުހައްމަދު ނަޝީދެއް ކަމަށެވެ. އަދި ރައީސް ނަޝީދާއި، ރައީސް ސާލިހުވެސް އެކި ކަންކަމުގައި ގެންގުޅުއްވަނީ، އެއް ވިސްނުމެއް ކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

މަލީހު ވިދާޅުވީ، ރައީސް ނަޝީދާއި، ރައީސް ސާލިހު އުޅުއްވަނީ އެއް ކަހަލަ ގޮތަކަށް ކަމަށެވެ. އަދި ދެބޭފުޅުންގެ ވައްޓަފާޅިވެސް އެއްގޮތް ކަމަށް އިޝާރާތް ކުރައްވާ، އެނާ ވިދާޅުވީ، ރައީސް ސާލިހު، ވަންޔާ ވާނީ، ރައީސް ނަޝީދަށް ވުރެވެސް “ގޯސް” މީހަކަށް ކަމަށެވެ. އަދި ދެބޭފުޅުންވެސް ދުވަހަކުވެސް ދިވެހިރާއްޖެއަށް ހެޔޮ ނޭދޭކަމަށާއި، ބިތުފަންގި ނަގާ ދުވަހު، އެކަން ކަށަވަރު ވާނެކަމަށް އިޝާރާތްކުރައްވާ، އެ ދުވަސް ގާތްވެއްޖެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހު ވަނީ، ރައީސް ސާލިހު އަދި ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީތަކަށް އަލި އަޅުވައި ވާހަކަދައްކަވާފައެވެ.

ހިޔާ ފްލެޓުތަކަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ޕީޕީއެމްގެ އިން ގެނެސްދީފައިވަނީ 25 ބުރީގެ ތަރައްގީއެއް ކަމަށެވެ. އަދި އެޔާ ބަލައި، އެމްޑީޕީއިން ގެނެސްދީފައިވަނީ ޓިނު ތަރައްގީއެއްކަމަށް އެނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، އެމްޑީޕީގެ ވިސްނުންވަނީ ބެންކުރަޕްޓުވެފައިކަމަށް ރައްޔިތުން ބުނަމުންދާކަމަށެވެ. އަދި ދަރިވަރުންދާ ސުކޫލުތަކުގެ އުމްރާނީ ތަރައްގީ މުހިންމު ކަމަށާއި، ކުދިން ކިޔަވަން ތިބޭ ތަނުގެ ފިނި ހޫނު މިނުގެ އިތުރުން، ބޭނުން ކުރާ ވަސީލަތްތައްވެސް މުހިންމު ކަމަށް އިޝާރާތްކުރައްވާ އެނާވަނީ، އެކަންކަން ފުރިހަމަ ނުކޮށްދެވެންޔާ ރައީސް ސާލިހު އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: