ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ކަރަންޓަށް ރައްޔިތުންގެ އަތުން ފައިސާ ނަގާކަށް ނުޖެހޭ: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ އަތުން، ފެނާއި ކަރަންޓަށް ފައިސާ ނެގުމަކީ، އެނާ ގަބޫލުކުރައްވާ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފެނާއި ކަރަނޓުގެ ހިދުމަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން، ޖާބިރު ވިދާޅުވީ، އަބަދުވެސް އިވެމުންދާ ވާހަކައަކީ، ފެނަކަ އަދި ސްޓެލްކޯވެސް ބޮޑުވަމުންދާ ވާހަކަ ކަމަށެވެ. އަދި ސްޓެލްކޯއާއި ފެނަކަ، ދެކުންފުނިވެސް ހުއްޓާލަންވެފައިވާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ރައްޔިތުންގެ އަތުން ފެނާއި ކަރަންޓަށް ފައިސާ ނެގުމަކީ އެނާ ގަބޫލު ސިޔާސަތެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ، ފެނާއި ކަރަންޓުގެ ހިދުމަތްތައް ދެވެން ވާނީ، އަސާސީ ހިދުމަތްތަކެއް ގޮތަށް ކަމަށެވެ. އަދި ފައިސާ ނަގަންވީ ހަދަމުންދާ އަދި ހަދާފައިވާ ބަނދަރުތަކަށް ކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ސަރުކާރުގެ ނޮން ޕްރޮފިޓަބަލް އެޖެންސީތަކުން، ހިއްކާފައިވާ ބިންތަކާއި އެހެނިހެން މަޝްރޫޢުތަކުން، ފައިސާ ނަގަންވީ ކަމަށާއި، ފެނާއި ކަރަންޓުގެ ހިދުމަތްތައް ހިލޭ ދެވޭނަކަމަށް ޖާބިރު ވިދާޅުވިއެވެ.

ކަރަންޓާއި، ފެނުގެ ހިދުމަތްތަކަށް ފައިސާ ނެގުމާއި އެނާ ދެކޮޅު ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އުޅެމުންދަނީ ދަތި ހާލަތެއްގައިކަން ގަބޫލު ކުރަންޖޭހޭ ކަމަށެވެ. އެހެންކަމުން ފައިސާ ނެތް ރައްޔިތުނަށް ބޮޑެތި އަދަދުތައް އަރާފައިވާ ކަރަނޓާއި ފެން ބިލުތައް ނުދެއްކި ލަސްވުމުން، ހިދުމަތްތައް ކަނޑާލުމަކީ، ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި، އެއީ އަސާސީ ހިދުމަތެއް އުނި ކުރުން ކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ، އެނާގެ ރިޔާސަތެއްގައި، ފެނާއި ކަރަނޓަކުން، ފައިސާއެއް ނުނަގާނެ ކަމަށެވެ. އަދި އެކަމަށް ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 55%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: