ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ސަލަމަތާއި ބެހޭ ބިލު ބޭރު ކުރުން: “ތިއީ ސުޕަމެޖޯރިޓީގެ ހުދުމުހުތާރުކަން”!

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، މަޖިލީހުގައި އޮންނަ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ ނަހަމަ ބޭނުން ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އާދަމް ޝަރީފް ހުށައަޅުއްވި ގައުމީ ސަލާމަތާއި ބެހޭ ބިލު ތަޅުމުން ބޭރުކޮށްލުމުން ކަންބޮޑުވުންފާޅުކޮސް އާދަމް ޝަރީފް ވަނީ، ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވާފައެވެ. އެނާ ވިދާޅުވީ، ރައްޔިތުން ކަންބޮޑުވުންތަކާއި ގައުމުގައި ހުރި ހައްސާސްކަން މަޖިލީހަށް ހުށައެޅުމުން، ސުޕަރ މެޖޯރިޓީއިން އެ މައްސަލަ ބޭރުކޮށްލުމަކީ، ހުދުމުހުތާރު އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ ނަހަމަ ބޭނުންތަކެއް ކުރަމުންކަމަށެވެ. ބިލު ބޭރުވިގޮތް ސާފު ކުރުމަށް އާދަމް ޝަރީފް ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވާފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވާ ގައުމީ ސަލާމަތާއިބެހޭ ބިލު، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ފުށޫއެރުމެއް ނެތްކަމަށެވެ. އަދި އެ ބިލާއިމެދު ވާހަކަދެއްކެވި އެއްވެސް މެމްބަރެއް އެ ބިލުގައި މައްސަލައެއް ހުރި ކަމަށް ފާހަގަކޮށްފައިނުވާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، އެހެންކަމުން، އެއްވެސް އަސާސެއްނެތި، އެ ބިލު ބަލައި ނުގަތުމަށް މަޖިލީހުގެ ރޫލިންގް ޕާޓިގެ އަގުލަބިއްޔަތުން ނިންމުމަކީ، މަލްޓި ޕާޓީ ސިސްޓަމުގެ ހަމަތަކާއި ބީރައްޓެހި ކަމެއް ކަމަށެވެ.

އެނާ ވިދާޅުވީ، ބިލު ބަލައި ނުގަތުމަކީ، ސަރުކާރުން، ވާދަވެރި މެމްބަރުންގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ވެރިކަން ކުރަމުންދާ ޕާޓީގެ ލީޑަރޝިޕަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ރައްޔިތުން ކަންބޮޑުވާ މައްސަލަތައް ބަލައި ނުގަންނަކަން ފާހަގަކުރެވޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފްވަނީ، ސަރުކާރު ޒިންމާދާރު ކުރުވުމައި ހުރަސްތަކެއް ހުރިކަމަށް އިޝާރާތްކުރައްވާފައެވެ. އަދި ސަރުކާރުން މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ނަހަމަ ބޭނުން ހިފުމަކީ، ޒިންމާދާރުކަން ކުޑަ ކަމެއް ގޮތަށް އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: