ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާއި އަތޮޅު ތެރޭގެ ޔުޓިލިޓީސް ހިދުމަތްތަކުގެ އަގު ހަމަހަމަކުރުމަށް ގަރާރެއް!

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރައްދުގައި ސްޓެލްކޯއިން ދެމުންގެންދާ ކަރަންޓްގެ ހިދުމަތަށް އެކުންފުނިން ނަގަމުން އަންނަ އަގާއި އަތޮޅު ތެރޭގައި ފެނަކައިން ދެމުންގެންދާ ކަރަންޓްގެ ހިދުމަތަށް ނަގަމުންގެންދާ އަގު ހަމަހަމަ ކުރުމަށް ގޮވާލާ މަޖިލީހަށް މިއަދު ގަރާރެއް ހުށައަޅައިފިއެވެ.

ގަރާރު ހުށައަޅުއްވާފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއެވެ.

ގަރާރުގައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ކުރަމުންދާ ވިޔަފާރިތަކަށް ބިލްކުރަމުންދާ ރޭޓާއި ބޭންޑްކުރުންތައް އަތޮޅު ތެރޭގެ ރަށްތަކާއި އެއްހަމައެއްގައި ހަމަހަމަ ކުރުމަށް ގޮވާލާފައެވެ. ކަރަންޓް ބިލްކުރުމުގައި މާލެއާއި އަތޮޅު ތެރޭގައި ތަފާތުކުރުންތައް ގެންގުޅޭތީ ރަށްފުށުގެ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރި ތަކަށް ގެއްލުންވަމުން ދާތީ އެކަމުގައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ކަމަށާއި އެކަންބޮޑުވުންފާޅުކުރަމުންދާ ކަމަށް ގަރާރުގައި ވެއެވެ.

ޝިޔާން ވިދާޅުވީ ތަފާތުކުރުން ނައްތާލުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށައި މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ސްޓެލްކޯ އާއި ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑްތަކާއި ރޭޓްތައް ހަމަހަމަކުރުމާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި ޔޫޓިލިޓީ ރެގިއުލޭރިޓީ އޮތޯރިޓީން މިހާރު ހަދާފައިވާ ޔޫސޭޖް ކޯޓާ ނައްތާލައި ރަށްރަށުގެ ވިޔަފާރިތަކަށް ކަރަންޓްބިލުން މާލެއާ ހަމަހަމަ ނުކުރެވޭނަމަ ޓެކްސްގެ ލުއިފަސޭހަކަމެއް ދިނުމަކީ ކުދި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޝިޔާން ހުށައެޅުއްވި ގަރާރުގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަށް ކަރަންޓު ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ރުފިޔާ ކަމަށާއި ނަމަވެސް ފެނަކައިން ރަށްރަށުގައި ދޭ ކަރަންޓްގެ ހިދުމަތުން 6 ރުފިޔާ ނަގާކަމަށް ބުނެފައިވެއެވެ.

ފެނަކައިން 100 ޔުނިޓާއި 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާއިރު މާލޭގައި ނަގަނީ 3.35 ރުފިޔާއެވެ.

ޝިޔާންގެ ގަރާރަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ގަރާރަށް ތާއީދު ކުރައްވާފައިވާއިރު މެމްބަރުންގެ ދާއިރާތަކުގައި ދިރިއުޅޭ ރައްޔިތުން ކަރަންޓް ބިލް ބޮޑުވާ ކަމުގެ ޝަކުވާ ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: