ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ވޯލްޑްކަޕް ބަލަން ދިއުމުގެ ފުރުސަތު!

އުރީދޫ އާޗާ ޕްރީޕެއިޑް އޮފާރ: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫއިން އެ ކުންފުނީގެ އާޗާ ޕްރިޕެއިޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ވޯލްޑް ކަޕާއި ގުޅުވައި އޮފަރއެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން އާންމުކޮށްފައިވާގޮތުން، އެ ކުންފުނިންވަނީ އާޗާ ޕްރިޕެއިޑް ކަސްޓަމަރުނަށް 4 ގުނައާއި ހަމައަށް އިތުރު ޑޭޓާ ލިބުމުގެ އަދި ވޯލްޑްކަޕް 2022ގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އުރީދޫއިން ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން، މުޅި މަހުގެ ނިޔަލަށް ނުވަތަ މުޅި ހަފްތާގެ ނިޔަލަށް 210ޖީބީއާއި ހަމަައަށް ޑޭޓާއާއި އެކު، އަންލިމިޓެޑް އުރީދޫގެ ކޯލްސް ލިބިގެންދެއެވެ.

އުރީދޫގެ ޕްރީޕެއިޑް ޕްލޭންސްގެ ތެރޭގައި އެންމެ ގިނަ ފައިދާތައް ލިބިގެންދާ އާޗާ ޕްރީޕެއިޑް ޕްލޭންއަށް މި އޮފަރ އާއި އެކު، އިތުރު ފުރިހަމަކަމެއް ލިބިފައިވެއެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ހުޅުވާލެވިފައިވާ މި ފުރުސަތުން، ވޯލްޑް ކަޕް ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ލިބިގެން ދާނެ އެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް

އާޗާ ޕްރިޕެއިޑް ޕްލޭންސް އަގު (ރުފިޔާ) ޕެކޭޖް އެލަވަންސް ބޭނުންކުރެވޭ މުއްދަތު
އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް 150 ދުވާލަކު 4 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ  ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް ދެވޭ ބޯނަސް ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

7 ދުވަސް
އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް 500 ދުވާލަކު 5 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 1 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

30 ދުވަސް
އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް 750 ދުވާލަކު 7 ޖީބީ (2 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 1 ޖީބީ ބޯނަސް ޑޭޓާ + 2 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 2 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ)

އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް

30 ދުވަސް

އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:

  • އުރީދޫ އެޕް: http://ore.do/app
  • އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
  • 1#*929* އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.

އާޗާ ޕްރީޕެއިޑް ނަންގަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްޞަކޮށް ބަހާލެވިފައެވެ.

ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: