ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިހާރު ތައްޔާރު ވަނީ މިނިކާވަގެއްހެން ރައްޔިތުން ކާން: ޖާބިރު

މެމްބަރު ޖާބިރު މަޖިލީހުގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނަތުގެ މައްސަލައިގައި ދައުވާތައް އުފުލައި ޝަރީއަތް ކުރިޔަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކި މައްސަލަތަކުން ސަލާމަތްވަމުން ގޮސް އެކަމުގެ އަސަރު އެންމެ ފަހުން ކުރާނީ ރައްޔިތުންނަށްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް، ރާއްޖެއަށް ވަންނަ އާމްދަނީ އަބަދަށް ދެމިގެންވާ ގޮތުގައި ބެހެއްޓުމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އާމްދަނީ އިތުރުކޮށް ނުހިފެހެއްޓެނީ ގައުމުގެ ވެރިކަމަށް ވަގުން އަންނާތީ ކަމަށެވެ. ހިޔާނާތުގެ މައްސަލައަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ވީ މީހުންނާއި އެކަމުގެ އަޑީގައި ތިބި މީހުން ވެސް ނުހޯދޭ ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުން ގެންދާހާ ވެސް ކަމަކީ ވަގުންނަށް ހިމާތާތް ދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ގިނަ ރައްޔިތުން އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް ވޯޓު ދިނީ ހިޔާނާތުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވުމުން ކަމަށެވެ. އަދި ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދާނެކަމަށް ވީ ވައުދު، އަދިވެސް ނުހޯދޭ ސަބަބާއި މެދު ޖާބިރު ސުވާލު އުފެއްދެވި އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މި ސަރުކާރުން ހިމާޔާތް ދީފައިވާކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ އަދީބަށް ސަރުކާރުން އެހީތެރިކަން ދީ، އޭނާ ސަލާމަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

”މިއަދު އަދީބަށް ހިމާޔަތްދީފައެހުރީ. އެއީ ދޫންޏެއްތޯ؟ އޭނާއަށް ހިމާޔަތްދޭންޖެހޭ ސަބަބެއް ނެތް. ” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ފެންނަނީ ރައީސް ޔާމީން ވެސް ސަލާމަތް ވާ މަންޒަރު ކަމަށެވެ.

”ޔާމީން އަބްދުލް ޤައްޔޫމް އެކި ގޮތްގޮތުން އެހެރަ ސަލާމަތްވަމުން ގޮސް މިނިކާވަގެންހެން އަޅުގަނޑުމެން ކާން ރެޑީ ވަނީ.” ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ރައީސް ޔާމީންގެ ދައުރުގަޔާއި ރައީސް މައުމޫންގެ ދައުރުގައި ފުނޑުފުުނޑުކޮށްލާފައިވާކަމަށްވެސް ޖާބިރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: