ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން ފަސްކުރަން ހުށައަޅައިފި

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ވަޒީފާއާއި ބެހޭ ގާނޫނަށް  އިސްލާހު ހުށަހަޅައިފިއެވެ.

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ބިދޭސީންނަށް ދިނުން ލާޒިމުވާނީ އެ ޤާނޫނު ތަސްދީގުވެ އެންމެ ކުޑަ އުޖޫރަ ތަންފީޒުކުރަން ފަށާތާ 2 އަހަރު ފަހުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބިދޭސީންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެެޅުން ޤާނޫނުގައި ލާޒިމްކޮށްފައިވެއެވެ.

އެ އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދެވެ.

އެ ބިލުމުގެ ބުނެފައިވަނީ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދޭން ފަށާނެ ވަކި ތާރީހެއް ކަނޑައެޅުމުގެ ބަދަލުގައި އެކަމަށް އަމަލުކުރަން ފަށާނީ ރާއްޖޭގެ އިގްތިސާދީ ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އަރުވާ ލަފައެއްގެ މަތިން މިނިސްޓަރު ކަނޑައަޅުއްވައި އާންމުކުރާ ތާރީހެއް ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ހިމެނެނީ މުވައްޒަފަށް ލިބޭ އަސާސީ މުސާރައާއި ކޮންމެ މަހެއްގައި ލިބިދޭ އެލަވަންސް ތަކެވެ. އިތުރު ގަޑީގައި ލިބޭ ފައިސާ އާއި ސާވިސްޗާޖްގެ ގޮތުގައި ލިބޭ ފައިސާ މިނިމަމް ވޭޖްގެ ތެރޭގައި ނުހިމެނެއެވެ.

މިނިމަމް ވޭޖް މިހާތަނަށް ކަނޑައަޅާފައިވާ ހަތް ދާއިރާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާ އާއި ސިއްހީ ހިދުމަތުގެ ދާއިރާ އާއި ތައުލީމީ ހިދުމަތުގެ ދާއިރާގެ އިތުރުން ކުދި އަދި މެދު ފަންތީގެ ދާއިރާއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ގިނަ ފަހަރަށް ވަޒީފާގެ ބާޒާރުގައި ހަމަހަމަކަން ނެތް އިރު، އޭގެ ތެރޭގައި އުޖޫރައާއި، ވަޒީފާ އާއި ތަމްރީނު ލިބުމާއި، މަސައްކަތުގެ މާހައުލާއި، އިޖުތިމާއީ ރައްކާތެރިކަމާއި، ޓްރޭޑް ޔޫނިއަންގެ ހައްގުތައް ހިމެނެ އެވެ. އައިއެލްއޯގެ  ރިޕޯޓުން ދައްކާ ގޮތުގައި މަތީ ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ހިޖުރަކުރާ މީހުންނަށް ގައުމީ މަސައްކަތްތެރިންނަށް ވުރެ ގާތްގަނޑަކަށް 13 ޕަސެންޓް ކުޑަ އާމްދަނީއެއް ލިބެ އެވެ. ބައެއް ގައުމުތަކުގައި މި ފަރަގު 42 އިންސައްތަ އާ ހަމައަށް ފުޅާވެގެންދެ އެވެ.

ބައެއް ގައުމުތަކުގައި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ގެ ވަކި ރޭޓްތަކެއް ކަނޑައެޅިފައި ވެއެވެ. ބިދޭސީ މަސައްކަތްތެރިންނަށް ވަކި މިނިމަމް ވޭޖެއް ކަނޑައެޅިގެން ކަނޑައެޅިފައި ނުވާއިރު، އެންމެ ކުޑަ އުޖޫރަ ލިބޭ ދާއިރާތަކުގައި ހިޖުރަކުރާ މީހުން ވަރަށް ބޮޑަށް ތަމްސީލުވުމަކީ އެކަށީގެންވާ ކަމެކެވެ. މި ދެ ހާލަތުގައިވެސް، ހަމަހަމަ އަގުގެ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ލިބުމުގެ އުސޫލާ ހިލާފުވެދާނެކަމުގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: