ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޖަލަށް ލިއަސް ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެ މައްޗަށް ޖަލުހުކުމެއް އައިސްފިނަމަ އެމަނިކުފާނު ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ އޭނާވިޔަސް ނުވަތަ އެހެން ބޭފުޅަކަށް ވިޔަސް ޖަލަށް ލައިފިނަމަ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ސަބަބަކީ އެއީ އެކަން އޮންނަ ގޮތް ކަމަށްވާތީއެވެ.

” އިމްރާން ޖަލަށް ލިޔަސް ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ. އެއީ އެކަންއޮތްގޮތް. އެކަން އަޅުގަޑުމެން ކުރަންޖެހޭ ގޮތް، އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަން ޖެހޭތީ.” އިމްރާން

ޖަލަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަން ޖެހޭތީ ކަމަށާއި މިސާލެއްގެ ގޮތުގައި ގޭންގު މާރާމާރީ، އާއި ގޭންގު ކުށްތަކާއި  ސިޔާސީ ކުށްތައް ނުވަތަ އެފަދަ އެނޫން ކުށްކުށުގައި ޖަލަށްލާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީން ރިހިބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ ކަމަށް އޭނާ ކުރިން ވިދާޅުވީ ސަމާސާއަކަށް ނަމަވެސް މިހާރު އެވާހަކަ ވިދާޅުވަނީ ސީރިއަސްކޮށް ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ހަފްލާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލަށް ދިއުމަށްފަހު އަލުން އަނބުރާ މުޖްތަމައަށް އަންނަންޖެހޭނީ  ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެ އިސްލާހީ ދަރުސެއް ލިބިގެން ކަމަށެވެ. އެކަން ކަށަވަރު ކޮށްދިނުމަކީ ކަރެކްޝަނަލް ސާވިސަސްގެ ޒިންމާއާއި މަސްއޫލިއްޔަތެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ޖަލުގައި ތިބޭ ހުރިހާ ގައިދީންނަކީ ރިހިބިލިޓޭޓް ވާން ޖެހޭނެ ގައިދީން ކަމަށް ހެދުންކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް އިވްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ޖަލުތަކުގައި ރިހިބިލިޓޭޝަން ޕްރޮގްރާމް ވަނީ ބޮޑުތަކުން ރަނގަޅުކޮށް ފުރިހަމަ ކުރަން ޖެހިފައިކަމަށެވެ. ސަރުކާރުން ކުރި އެންމެ މުހިއްމު މަސައްކަތަކީ ޖަލުތަކުގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ރަނގަޅުކުރުމަށް މަސައްކަތް ކުރުން ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން މުޅިން އަލަށް ކަރެކްޝަންސްގެ އެހެނިހެން ކޮމާންޑް ތަކާއި އެއް ލެވެލްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދައި ކަރެކްޝަންގެ ސްޓްރަކްޗަރގެ ތެރެއަށް އެކަން ގެނެސް އެކަމަށް ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކު ވެސް ފުރިހަމަ ކުރި ކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: