ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޤާބް ވެ ތިބޭ އަންހެނުންނަށް ފުރައްސާރަ ކުރުމަކީ އަޅާނުލައި ދޫކޮށްލެވޭނެކަމެއް ނޫން: އިމްރާން

ޤައުމީ ދުވަހުގެ ޖަލްސާގައި މިނިސްޓާރ އިމްރާން ވާހަކަދައްކަވަނީ.... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހަކު ތުރުކޮށްގެން ހުރި ހެދުމަކާއި ގުޅިގެން ފުރައްސާރަ ކުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލޭގެ އެންމެ ބާރު ބޮޑު މަޖީދީ މަގުގައި، މޫނު ބުރުގާ އެޅި އަންހެނެއްގެ، ހެދުމުގައި ހިފައި ދަމައި ފުރައްސާރަ ކުރި މައްސަލައިގައި، ނުރުހުން ފާޅުކުރައްވާ އިމްރާން ވިދާޅުވީ، މީހަކު އަޅާފައި ހުރި ހެދުމަކާއި ގުޅިގެން، އެ މީހަކަށް ފުރައްސާރަ ކުރުމަކީ، ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

އިމްރާން ވިދާޅުވީ، އެއްވެސް މީހެއް ލައިގެން ހުރި ހެދުމަކާއި ގުޅުވައި، ފުރައްސާރަ ކުރުން ބަލައި ނުގަންނާނެ އިރު، ހާއްސަ ގޮތެއްގައި އިސްލާމީ މުޖަތަމައެއްގައި ނިގާބު އަޅައިގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް، ގަޔަށް އަތްލުމަކީ، އަޅާނުލާ ދޫކޮށްލެވޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

މާލޭގައި ނިގާބުވެގެން ހުރި އަންހެނަކަށް ފުރައްސާރަކުރި މައްސަލައިގައި ފިޔަވަޅު އެޅުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އިމްރާން ވިދާޅުވި އިރު، ފުރައްސާރަތައް އަމާޒުވި އަންހެންމިހާވަނީ ސޯޝަލް މީޑިއާގައި އެނާގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އެނާ ބުނެފައިވާގޮތުން، ދިވެހި ފިރިހެނަކުވަނީ އެނާއަށް ފުރައްސާރަކޮށް، ހެދުމަށް ދަމައި “ނިންޖާ” އަށް ގޮވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: