ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައުގެ ހަމައާއި ސުލޫކު ބައްޓަން ކުރުމަކީ މީޑިއާގެ ޒިންމާއެއް: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަތަކާއި، ގެންގުޅޭނެ ސުލޫކުތައް ބައްޓަން ކުރުމަކީ މީޑިއާގެ ޒިންމާއެއްކަމަށް ހޯމް މިނިސްޓަރ ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ޓްވިޓަރ މެދުވެރިކޮށް އިމްރާން ވިދާޅުވެފައިވާގޮތުން، އެވަގުތެއްގައި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަތަކެއް ކަނޑައަޅާނީ، މީޑިއާތަކުންނެވެ. އަދި ގެންގުޅެންވީ ސުލޫކާއި، މުޖުތަމައެއްގެ ތެރޭގައި ހިފަހައްޓަންވީ މިންގަނޑުތައް ކަނޑައެޅުމަކީވެސް އެ ވަގުތެެއްގައި އޮތް މީޑިއާއެއް އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންވަނީ މީގެ އިތުރުންވެސް މީޑިއާތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތާއިމެދު ވާހަކަދައްކަވާފައެވެ.

އެގޮތުން އިމްރާން ވިދާޅުވީ، މީޑިއާތަކުގެ ބޭނުން ރަނގަޅުގޮތަށް ހިފުމަކީ ދީނީ ޒިންމާއެއްކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން މީޑިއާތަކުގެ ޒިންމާ އަދާކުރުމަށް ފުރުސަތު ހަނިވެގެންދާފަދަ އަމަލުތަކެއް ނުހިންގާނެކަމަށާއި ޒިންމާދާރުކާމާއި، އަދަލުވެރިކަމާއިއެކު ރަނގަޅު ގޮތުގައި މީޑިއާ ބޭނުން ކުރުމަކީ، ގައުމީ އަދި ދީނީ ބޮޑު ޒިންމާއެއްކަމަށްވެސްް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: