ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ހަމަލާ ދިނުމުގައި ޝާމިލުވި އެންމެން ހައްޔަރު ކުރާނަން: ސީޕީ ހަމީދު

ސީޕީ ހަމީދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށް ހަމަލާދިނުމުގައި ޝާމިލުވި އެންމެން ހައްޔަރު ކުރާނެކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާގެ ތިން މީހަކަށް ހަތިޔާރުތަކެއް ބޭނުންކޮށްގެން ހަމަލާދީފައިވާކަން ކަށަވަރުކޮށްދެއްވައި، ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންނަށް ހަމަލާތަކެއް ދީފައިވަނީ، ހެންވޭރުގައި ހަރަކާތްތެރިވަމުން އަންނަ ކުށްތަކަށް އަރައިގަންނަ ގުރޫޕަކުން ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ހަމަލާ އަމާޒުވި ފުލުހުންގެ އޯފް ޑިއުޓީ ވަގުތުގައިކަމަށް އެނާ ވިދާޅުވިއެވެ.

ތިން ފުލުހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފާހަގަކުރައްވާ ހަމީދު ވިދާޅުވީ، އެ ހަމަލާއާއި ގުޅިގެން ދެމީހަކުވަނީ ހައްޔަރު ކުރެވިފައިކަމަށެވެ. އަދި މި މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފުލުހުންގެ ޓީމުތަކަކަށް އިރުޝާދު ދެވިފައިވާކަމަށެވެ. ފުލުހުންނަށް ހަމަލާދިނުމަކީ، ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ފުލުހުންނަށް ހަމަލާދިން މައްސަލަ ބެލުމުގައި އެ މުއައްސަސާއިން ފަސް ނުޖެހޭނެކަމަށެވެ. އަދި ރާވައިގެން ކުށްތަކަށް އަރައިގަތުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހުއްޓުވުމުގައިވެސް ފުލުހުން ފަސް ނުޖެހޭނެކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވަންށާއި، މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމުގައި ހުރިހާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އިތުރު ކުރަންޖެހޭ ކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާގެ މުއައްޒިފުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގައާއި، އާންމުންގެ ރައްކައުތެރިކަން ކަށަވަރުކޮށް، މުޖުތަމައަށް ހިދުމަތް ކުރުމުގައި އިތުރު އެހީތައް ބޭނުންވާކަމަށްވެސް އެނާ ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: