ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒު ކުރާ ވާހަކަ ދައްކާ މީހުންނަށް، ގާނޫނުގައި އޮތް އެއްޗެއްވެސް ނޭނގޭ: ޝުޖާއު

ހުޅުމާލޭގެ ކައުންސިލް މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ؛ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ލާމަރުކަޒު ކުރުމާއި ބެހޭގޮތުން އިނގެނީ އެ ބަސް އެކަނިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ޝުޖާއު ވިދާޅުވީ، ލާމަރުކަޒު ކުރުމާއި ބެހޭގޮތުން އެމްޑީޕީއަށް އެއްވެސް ކަމެއް އިނގިފައިނުވާކަމަށެވެ. އެނާ ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ލާމަރުކަޒީ ގާނޫނުތައް ހަދަމުންދާ ފަރާތްތަކަށް އެ ގާނޫނުތަކުގައި ލިޔެވިފައިވަނީ ކޮން ކަންކަމެއް ކަންވެސް އެނގިފައިނުވާކަމަށެވެ.

ޝުޖާއު ވިދާޅުވީ، މުނިސިޕަލް ހިދުމަތްތައް ދިނުމަކީ ކައުންސިލުތަކުގެ ޒިންމާއެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ދިނުމާއި، ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުވެސް ދެކޮޅުކަމަށް އެނާ ވިދާޅުވިއެވެ.

ޝުޖާއު ވަނީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންތިޒާމުކޮށްގެން ހިންގާ ފަނޯއްލައަށްވެސް މަލާމާތުގެ ބަސްތަކެއް ރައްދުކުރައްވާފައެވެ.

ޝުޖާއު ވިދާޅުވީ، ފަނޯއްލަ ނޫން ”ފަޅޯއޮނު“ ބޭއްވި ނަމަވެސް، އެމްޑީޕީއިން ލާމަރުކަޒީ ނިޒާމާއިމެދު ދައްކަމުންދާ ވާހަކަތައް ވަށާ ނުޖެހޭކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް، އެ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ލިބެންޖެހޭ ބާރުތައް ދީފައިނުވާކަމަށް އިޝާރާތްކުރައްވާ އެނާ ވަނީ، ހުޅުމާލެއަކީ އެކަމުގެ ހެއްކެއް ކަމަށާއި، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފަށް އެނާ ކުރައްވާ ތުހުމަތުތަކުގެ ސައްހަކަން ސާފުވާނެކަމަށް އިޝާރާތްކުރައްވާފައެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމުގެ ބާރު ސިޓީ ކައުންސިލަށް ދީފައިނުވަނީ، މާލެ ސިޓީ ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ އޮތް ތަނަކަށްވުމުންކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: