ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު ސިޓީ ވިއްކައިގެން މޭޔަރާއި މިނިސްޓަރު ފައިސާ ނަގާކަމަށް ޖާބިރު ތުހުމަތުކޮށްފި

މޭޔަރު މުއިއްޒު އަދި މިނިސްޓަރު ނަހުލާ: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަރާޖެއްގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް އެކި ފަރާތްތަކުން ނަގަމުންދާ ފައިސާތަކުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި މޭޔަރު މުހައްމަދު މުއިއްޒުއަށްވެސް ފައިސާ ލިބޭކަމުގެ މައްސަލައެއް އެނާގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ގަރާޖު ސިޓީއާއިމެދު ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ވެހިކަލް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ސިޓީއާއި ގުޅޭގޮތުން އެނާގެ ސަމާލުކަމަށް މައްސަލައެއް އައިސްފައިވާކަމަށެވެ. އެނާ ވިދާޅުވީ، އެނާ ގާތަށް މައްސަލައެއް ހުށައެޅި މީހަކު ބުނެފައިވާގޮތުން، ވެހިކަލް ގަރާޖެއްގައި ރެޖިސްޓްރީ ކުރުމަށް 75000 $ ދައްކަން ޖެހެއެވެ. އަދި ފައިސާއިން ބައެއް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އަދި، މާލެ ސިޓީގެ މޭޔަރުު މުއިއްޒުއަށްވެސް ލިބޭކަމަށް އެނާގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ގަރާޖެއްގައި ވެހިކަލްއެއް ރެޖިސްޓަރ ކުރުމަށް މިނިސްޓަރު ނަހުލާ އަދި މޭޔަރު މުއިއްޒުއަށް ފައިސާތަކެއް ލިބޭ ގޮތަށް އިންތިޒާމު ކުރެވިފައިވާނަމަ، އެކަމަކީ، ސީދާ ފޭރުމާއި ވައްކަން ކުރުން ކަމަށްވާތީ އެނާ ވަނީ އެކަން ތަހުގީގު ކުރުމަށް މިނިސްޓަރު ނަހުލާއަށްވެސް ފޯނު ކުރައްވާފައިކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހަރުކަށި އަދަބު ދޭންޖެހޭކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ޕްރައިވެޓު ސެކްޓަރުން ކުރާނެ ވިޔަފާރިއެއް ނެތްކަން ރައްޔިތުން ގަބޫލު ކުރަންޖެހިފައިވާކަމަށެވެ. އަދި ތަހުޒީބު ކުރުމުގެ ނަމުގައި ސަރުކާރުންވަނީ ޕްރައިވެޓު ސެކްޓަރގެ ވިޔަފާރިތައްވެސް ކޮންޓްރޯލްކޮށްފައިކަމަށް އެނާ ސިފަކުރެއްވިއެވެ. އަދި ދުނިޔޭގައި ކަންކަން ކުރާ އުސޫލުތަކާއި ރައީސް ސާލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ހިލާފުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: