ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިއަކުން ޓެކްސް ފައިސާ ދެއްކުމާއި ނުދެއްކުމަކީ ފުޑް އެންޑް ޑްރަގަ އޮތޯރިޓީން ބަލަންޖެހޭ ކަމެއް ނޫން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ކަންކަން ރެގިއުލޭޓުކޮށް ބަލަހައްޓައި ނުހެދޭނެކަމަށާއި އެފަދަ ވިސްނުންތައް ދޫކޮށްލަންޖެހިފައިވާކަމަށް އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ ބައްދަލުވުމެއްގައި ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ބިލާއިމެދު މަޝްވަރަމުން ދިޔަ ދަނޑިވަޅުގައި ގޭގޭގައި ކާބޯތަކެތި އުފައްދައިގެން ވިއްކުމަށް ރެޖިސްޓްރިކުރަންޖޭ މާއްދާއެއް އުނިކުރެވިފައިވާތީ، އެ މާއްދާ އުނިކުރުމުގެ ބަދަލުގައި އެހެން ގޮތަކަށް ފަރުމާކުރުމަށް ފެންނަކަމަށް އެމްއެފްޑީއޭއިންވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ބުނެފައިވާގޮތުން، އާންމުން ދިރިއުޅޭ ގޭގޭގައި ތައްޔާރު ކޮށް، ވިއްކަމުންދާ ކާބޯތަކެތީގެ ސަބަބުން، މުޖުތަމައަށް ސިއްހީ ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިނުގަންނަ ކަމަށާއި، މުޖުތަމައަކަށް ސިއްހީ ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި އިގްތިސޯދަށްވެސް އަސަރުކުރާނެކަމަށްވެސް އެމްއެފްޑީއޭއިން ފާހަގަކުރިއެވެ.

އެމްއެފްޑީއޭއިން ބުނެފައިވާގޮތުން، ރެޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ވިޔަފާރިތައް ކުރުމަށް ހުއްދަ ކުރުމުން  ޓެކްސް ދައްކައިގެން ވިޔަފާރި ކުރާ ފަރާތްތަކަށް ނާއިންސާފުވެރިވެވެއެވެ.

އެމްއެމްޑީއޭގެ ވާހާކަތައް އަޑުއެއްސެވުމަށްފަހު، ފައްޔާޒުވަނީ އެމްއެމްޑީއޭއިން ދެއްކި ވާހަކަތައް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ވިޔަފާރިއަކުން ޓެކްސް ފައިސާ ދެއްކުމާއި ނުދެއްކުމަކީ އެމްއެފްޑީއޭއިން ބަލަންޖެހޭ ކަމެއް ނޫންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އިގްތިސޯދު ކުރިއަށް ގެންދިއުމާއި، ކުދި ވިޔަފާރިތައް ކުރިއަށް ގެންދިއުމާ ވަކި ބަޔަކަށް ހާއްސަ ކަމެއް ދިނުން އަދި ނުދިނުމަކީވެސް އިކޮނޮމިކް މިނިސްޓްރީގެ ނިންމުމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ރައްކައުތެރިކަން މުހިންމުކަމަށެވެ. އެހެން ނަމަވެސް އެމްއެފްޑީއޭއިން ހުއްދަ ދީފައި އޮތް ރެސްޓައުރެންޓަކުން އުފައްދާ ކާއެއްޗަކުންވެސް ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ފުރުސަތު އޮތްކަމަށް އިޝާރާތްކުރައްވާ ފައްޔާޒު ވިދާޅުވީ، އެމްއެފްޑީއޭއިން ކުރިއަށް ގެންދަންވީ މަސައްކަތަކީ، ކާއެއްޗެސް ތައްޔާރު ކުރާނަމަ އަމަލު ކުރަންވީ ގޮތުގެ ގަވައިދެއްކަމަށެވެ.

އެނާ ވިދާޅުވީ، ކޮންމެ މީހަކު އަދި ކުދި ވިޔަފާރިތަކުން އެމްއެފްޑީއޭއިން ލައިސެންސެއް ނަގަންޖެހި އެމްއެފްޑީއޭއިން އެތަން ބަލަން ދާންޖެހުމަކީ، ގަބޫލު ކުރެވޭ އުސޫލެއް ނޫންކަމަށެވެ. އަދި އާންމު ރައްޔިތުންގެވެސް ޒިންމާތަކެއް އޮންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރަށް ވަކި ވަކި ރައްޔިތުންގެ ދިރިއުޅުން ބެލެހެއްޓުމުގެ މަސައްކަތްތައް ނުކުރެވޭނެކަމަށެ. އަދި އެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށާއި، ހާއްސަ ގޮތެއްގައި ހެލްތު ދާއިރާގެ ބޭފުޅުން އެފަދަ ވިސްނުންތައް ގެންގުޅުއްވާކަމަށް އެނާ ސިފަކުރެއްވިއެވެ.

ފައްުޔާޒު ވިދާޅުވީ، ރައްޔިތުންގެ ހުރިހާ ކަމެއް ރެގިއުލޭޓުކޮށް ބެލެހެއްޓުމުގެ ކެޕޭސިޓީއެއް ސަރުކާރުގެ ނެތްކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަންކަން ކޮށް، ސަރުކާރުން ކަމަކަށް ހުއްދަ ނުދީ ހިފައްހައްޓާފައި އޮތުމުން ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެފަދަ ޕޮޒިޝަނަކަށް ނުދިއުމަށްކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: