ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ރައީސްގެ ކަންބޮޑުވުން: މުސާރަލިބޭ 87 މެމްބަރުން ތިބޭއިރު ހާޒިރުވަނީ 24 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެރައީސް މުހައްމަދު ނަޝީދު މަޖިލިސް ފަށަމުން ވިދާޅުވީ އެވަގުތު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 24 މަޖިލީސް މެމްބަރުން ކަމަށާއި މަޖިލީހަކީ 87 އިދާރީ ދާއިރާތަކެއްގެ މައްޗަށް އެކުލެވިގެން އިންތިހާބުކުރެވިފައި އޮންނަ މަޖިލީހެއް ކަމަށެވެ،

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ސަލާމުގައި 6 މެމްބަރުން ތިއްބެވި ކަމަށާއި  ރަސްމީ ދަތުރުފުޅުގައި މަޖިލީހުގެ 3 މެމްބަރުން ތިއްބެވި ކަމަށާއި އެހެން ކަމުން 9 މެމްބަރަކު މިވަގުތު ތިއްބެވީ މަޖިލީހަށް ވަޑައިނުގެންނެވޭ ގޮތަށް ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 87 މެމްބަރުން ތިއްބަވާ މަޖިލީހެއްގައި ގަވާއިދުން މުސާރަ ލިބެމުންދާ ތަނެއްގައި، ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެމްބަރުން ތިބުމަކީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި މަޖިލިސް މެމްބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ފަރުވާތެރިކަން ނުބެހެއްޓެނީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކަށް މެމްބަރުން މަދުން ހާޒިރުވާތީ ރައީސް ނަޝީދު ވަނީ މީގެކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 39%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 32%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މެމްބަރުންގެ އަދަދު މަދު ކުރަން ފެނޭ. ގިނައީ ގޮނޑި ހޫނު ކުރުން އެކަނި ކުރެވޭ ބޭފުޅުން. އެވަރުވެސް ނުވާ ބޭފުޅުންވެސް އެހާމެގިނަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: