އުރީދޫ މޯލްޑިވްސްގެ “ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫ ނޭޝަންއިން ކުރިއަށްގެންދާ “ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2” ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.
ޕޯރޓަލް ލިންކް: http://ore.do/contender
އުރީދޫ “ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް” އަކީ 100،000 ރުފިޔާގެ މައި އިނާމެއް ހިމަނައިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާއި ހަމައަށް ކުރިއަށްދާ ސިލްސިލާ މުބާރާތެކެވެ.
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް އަކީ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާ މައި މުބާރާތައް ކޮލިފައިވުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެެވެ. އަދި “ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2” އަކީ މި ސިލްސިލާގެ ދެވަނަ މުބާރާތެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގު ހުރި ގޭމަރުން ޓިމްތައް ރެޖިސްޓްރީކޮށް، ކޮލިފައިންގް މުބާރާތްތަކުގައި ވާދަކޮށް އޮފިޝަލް ކޮލިފައިންގް ޓޯނަމެންޓުގައި ވާހަދަކުރަންވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ބައިވެރިވާ ކޮންމެ ޓީމަކުން ރަޖިސްޓްރީ ފީއެއް ގޮތުގައި 150 ރުފިޔާގެ އިތުރުން މެމްބަރުންގެ މައުލޫމާތާއި ޓީމު ލޯގޯ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށައަޅަން ޖެހޭނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 2 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށެވެ.
- ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
- 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
- 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ
ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:
- އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެމްބަރ 2022 ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.
މޮޅުވެފައިވާ ޓީމްތައް:
- ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ
- 2 ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް
- 3 ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް
- 2. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2: ގައި ވާދަކުރުމަށް ރެޖިސްޓަރ ކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ.
- އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3: ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ.
- 5. އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް: ގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެމްބަރު މަހުއެވެ.
- 6. އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް: 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ޑިސެމްބަރު މަހުއެވެ.
އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި “އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް” ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފައެވެ.