ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީން އަންނަ މަހު 7 ބައި-އިލެކްޝަނެއް ބާއްވަނީ!

ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފެށިގެން ކުރިއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފެށޭ އޮކްޓޫބަރު މަހުގައި ހަތް ރަށެއްގެ ބައި އިލެޝަނެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން އާންމުކޮށްފައިވާ އިއުލާނުގައިވަނީ، ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ށ. މާއުނގޫދޫ، ރ. ރަސްމާދޫ، ތ. ގުރައިދޫ، ލ. ދަނބިދޫ، ވ. ތިނަދޫ، ވ. ފެލިދޫ އަދި ހއ. ހޯރަފުށީގައި ކަމަށެވެ.

މީގެ އިތުރުން، ށ މާއުނގޫދޫގެ ބައި-އިލެކްޝަން ބޭއްވޭނބެ ތާރީޚެއްގެ ގޮތުގައި އީސީން ކަނޑައަޅާފައިވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހެވެ. އަދި ހަމަ އެދުވަހު، މާއުނގޫދޫގެ އިތުރުން، ރ.ރަސްމާދޫ،ތ.ގުރައިޑުގެ އިތުރުން ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން އޮންނާނެކަމަށް އީސީން ބުނެފައިވެއެވެ..

ހަމަ މިއާއެކު،  ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އޮންނާނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގައި ކަމަށް އީސީން ބުންޏެވެ.

އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ށ. މާއުނގޫދޫ، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި އުޅޭ ފަރާތްތަކުން ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލީ މި މަހު 19 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: