ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރަސީ ދުވަހެއް ފާހަގަކުރެވޭއިރު، ޑިމޮކްރެސީއަކީ ކޮބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ (16 ސެޕްޓެމްބަރު) ދުނިޔޭގައިފާހަގަކުރާ ޑިމޮކްރެސީގެ ދުވަހެވެ. މިއަހަރުގެ ޑިމޮކްރަސީ ދުވަހު ޚައްސަކަމެއް ދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން ކަޑައަޅާފައިވަނީ ޑިމޮކްރަސީ އާއި، އަމާންކަން އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ޚިޔާލު ފާޅުކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. ނުވަތަ ޑިމޮކްރަސީއެއް ހާސިލުކުރުމަށް ޕްރެސް/މީޑިއާގެ މުހިންމުކަމުގެ މައްޗަށެވެމިދުވަސް ފާހަގަ ކުރުމަށް ފަށަފައިވަނީ 2007 ވަނަ އަހަރު އދ. ގެ އާއްމު މަޖުލީހުގެ ގަރާރަކުން ފަސްކޮށްގެންނެނެވެ. މިދުވަސް ފާހަގަ ކުރުމުގު ބޭނުމަކީ ގައުމުތަކުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ހިތްވަރުދީ ބާރު އެޅުމެވެ.

2008 ވަނަ އަހަރުންސުރެއް ރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީއަށް އަމަލު ކުރެވެން ފެށުމުން ރާއްޖެއަކީވެސް ޑިމޮކްރެޓިކް ޤައުމެކޭ ނުކިޔެންވީ ސަބަބެއްނެތެވެ. ޑިމޮކްރެސީ ނިޒާމުގެ ދިފާއުގައި ވަކާލާތުކުރާއިރު، އަދި ޑިމޮކްރެސީގައި އަޅުގަނޑުމެންނަށް ލިބިފައިވާ ހައްޤުތަކާއި ޒިންމާތައް ފުރިހަމަޔަށް އަދާ ކުރަން ބޭނުން ނަމަ ޑިމޮކްރެސީއަކީ ކޮބައިކަން އަޅުގަނޑުމެން އޮޅުން ފިލުވަން އެބަޖެހެއެވެ. ޑިމޮކްރެސީއަކީ ސަރުކާރެއް އެކުލެވުމާއި ގައުމެއް ހިންގަން ކިހާ މުހިއްމު އެއްޗެއްކަން އެނގެން އެބަ ޖެހެއެވެ.

ޑިމޮކްރެސީއަކީ ކޮބާ؟

އޮކްސްފޯޑް ޑިކްޝަނަރީގައި ވާގޮތުން ޑިމޮކްރަސީ އަކީ ހުރިހާ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ ވެރިކަން ހިނގުމުގެ ގޮތްތަކެކެވެ. ނުވަތަ ގާބިލު ހުރިހާ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ މަންދޫބުންތަކެއް މެދުވެރިކޮށް އެބައެއްގެ މައްޗަށް ވެރިަކން ހިންގުމެވެ. މީގެ އިތުރުން އެއީ އަޣުލަބިއްޔަތަށް ތަބާވެގެން ވެރިންކަން ކުރުމެވެ.ޑިމޮކްރެސީގެ މިނިޒާމަކީ ރައްޔިތުން ބާރުވެރި ކުރުވާ، ރައްޔިތުންނަށް ގައުމު ހިންގުމުގެ މަރުހަލާތަކުގައި ބައިވެރިވުމުގެ ފުރުސަތުދޭ ނިޒާމެކެވެ. ޑިމޮކްރެސީ ނިޒާމެއްގައި މައިގަނޑު ދެ އަސާސެއް ފުރިހަމަ ވާން ޖެހޭނެއެވެ. އެއީ، ސިޔާސީ މަސްރަހުގައި ރައްޔިތުން ބައިވެރިވުމާއި އަދި ސިޔާސީ މަސްރަހުގައި ހަރުދަނާ ވާދަވެރިކަމެއް އޮތުމުވެ.

ޑިމޮކްރެސީގެ މައިގަނޑު އަސާސްތައް ފުރިހަމަ ވާނަމަ:

ސަރުކާރުގައި ތިބެން ވާނީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ، ރައްޔިތުންގެ ރުހުން ހޯދައިގެން ތިބޭ ބައެކެވެ. އިންތިޚާބުތަކަކީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވޭ އެއްޗަކަށް ވާންޖެހެއެވެ. ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ވޯޓުލެވެން ޖެހޭނެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ. ރައްޔިތުންނަށް އިންތިޚާބުތަކުގައި ކުރިމަތިލުމުގެ ހައްޤު ލިބެން ޖެހޭނެއެވެ. ހަރުދަނާ އަދި އެކި ފަރާތްތަކުން މައުލޫމާތު ހޯދާ ލިބިގަނެވެން ޖެހޭނެއެވެ. ޖަމާއަތްތައް އުފައްދާ އަދި އެއްވެ އުޅުމުގެ މިނިވަންކަންވެސް ލިބެންޖެހޭނެއެވެ.

ރާއްޖޭގައިވެސް އޮންނަނީ ޑިމޮކްރެޓިކް ނިޒާމެކެވެ. ވެރިއަކަށް ހުންނެވީ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ވޯޓުން ހޮވާފައިހުރި ރައީސެކެވެ. ދާއިރާތައް ތަމްސީލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ވެސް އެދާއިތރާތަކުގެ ރައްޔިތުން ގެ ވޯޓުން އިންތިޚާބު ކުރެވޭ މެންބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް ނަޝީދު/ ފޮޓޯ: އަވަސް

ދުނިޔޭގައި ފާހަގަކުރަމުންދާ ޑިމޮކްރެސީ ދުވަހާއި ގުޅިގެން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނކިޔާ ފޮނުވަމުން ރައްޔިތުން އިންތިޚާބުކޮށްފައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައްކަމުގައެވެ.

ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާކަމުގައެވެ. ހަމަ އެހެންމެ، ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ކުރުގޮތެއްގައި ޑިމޮކްރެސީއަކީ ރައްޔިތުންނެވެ. ޑިމޮކްރެސީގެ ބާރުތަށް ފެށިގެން އަންނާނީ ރައްޔިތުންނާއި ހަމައިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: