ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަރު ސްލޯ ވެރިކަމެއް ދިވެހިން އަދި ނުދެކޭ: ފަޒުލް

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލިހުގައިވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަރު ސްލޯ ވެރިކަމެއް ދިވެހިން ނުދެކޭ ކަމަށް އެމްޑަބްލިޔުއެސްސީގެ ކުރީގެ އެމްޑީ އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖީއެމްއާރު އަތުން އެއަރޕޯޓް ހޯއްދެވި ކަމަށެވެ.

ކުރީގެ ސަރުކާރުން ދިވެހި ފެންކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީގެ ހިއްސާ 16 މިލިއަން ރުފިޔާއަށް ވިއްކާލި އިރުގައި ޕީޕީއެމްގެ ސަރުކާރުން ކުރި މަސައްކަތުން ރައީސް ޔާމީން 20 މިލިއަން ޑޮލަރު ދިނުމަށް ހުށައެޅިނަމަވެސް އެކަން ނުވި ކަމަށް ފަޒުލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފެން ކުންފުނީގެ ހިއްސާ ވިއްކާނީ 45 މިލިއަން ޑޮލަރަށް ކަމަށް ހިއްސާ ގަތްފަރާތުން ބުނި ކަމަށާއި އެއީ ކުންފުނިންކުރާނެ ފައިދާ އެމީހުންނަށް އިނގޭތީ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މިއަދު އައިލެންޑް އޭވިއޭޝަން ވަނީ ދަރާފައި ކަމަށާއި އެތަނުން ބޯޓެއް ލާރި ނުދެއްކިގެން ފޮނުވާލާފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ރައީސް ޔާމީން އެޅުއްވި ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލެ އާއި މެދު އެތައް ރައްޔިތުންނެއް ދަތުރުކޮށް އެފަސޭހަ ވަމުން ދާ ކަން ފަޒުލް ފާހަގަ ކުރެއްވިއެވެ.

ފަޒުލް ވިދާޅުވީ މި ސަރުކާރަކީ ސްލޯ ސަރުކާރެއް ކަމަށާއި މި ސަރުކާރަށް މި ގައުމު ނުހިންގޭނެ ކަމަށެވެ.

“މި ސްލޯ ސަރުކާރަކަށް ގައުމެއް ނުހިންގޭނެ” ފަޒުލް

ފަޒުލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ގާއިމްކޮށްފައިވާތީ އެ ހޮސްޕިޓަލުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އާލާސްކަންފުޅަށް އެމަޖެންސީގައި ފަރުވާ ހޯއްދެވި ކަމަށެވެ.

މީގެ އިތުރުން އެތައް ރައްޔިތުންނަކަށް ފަސޭހަކަމާއެކު ސިއްހީ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް ލިބެމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާސިމް ފަރުވާ ހޯއްދެވީ ރައީސް ޔާމީން ގާއިމްކޮށްދެއްވާފައިވާ ކެތް ލެބަކުން ކަމަށާއި އެތަނުގެ ސީލިންގ ގައި ފަންގަސް ޖަހާފައިވާ ކަމަށް ގާސިމް ރައީސް ސާލިހު އަރިހުގައި ވިދާޅުވި ކަމަށެވެ.

ފަޒުލް ވިދާޅުވީ ރައީސް ސާލިހަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ކެތްލެބަށް އަދި ނުދެވޭ ކަމަށާއި ސަބަބަކީ ސްލޯ ކަމުން ކަމަށެވެ. ރައީސް ޔާމީން މަސައްކަތް ކުރެއްވީ ދިވެހި ދައުލަތާއި ދިވެހި ރާއްޖެއަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ފަސްއަހަރު ދުވަހުގެ ތަރައްގީ ފެނިގެން ދިޔައީ ވަރަށް ހަލުވި ކަމާއެކު ކަމަށް ފަޒުލް ވިދާޅުވިއެވެ. ނަމަވެސް މިއަދު ވެއްޓިފައި މިވާ އަނދަވަޅުން އަރައިގަތުމަށް ވަރަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

މިއަދު 17.50 ރުފިޔާ އަށް އަދި އޭގެ ކުރީގައި 15.42 އަށް ލިބެން ހުރި ޑޮލަރު މިއަދު ލިބެނީ 17.50 ރުފިޔާ އަށް ކަމަށާއި އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލިގެން ގޮސްފައވާ ކަމަށާއި އެގޮތުން ކިރުދަޅެއްގެ އަގު ތިންގުނައަށް ވަނީ އުފުލިފައި ކަމަށް ފަޒުލް ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކުންފުނިތަކުން ހައުސިންގ މަޝްރޫއު ތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި މިވެރިކަމުގެ 4 އަހަރުގައި އޭގެއިން އެއްވެސް ކުންފުންޏެއްގެ މުވައްޒިފަކަށް އެ ފްލެޓްތަކަށް ވަދެވިފައިނުވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްތަކަށް ރައްޔިތުންނަށް ބަދަލުވެވުނީ ރައްޔިތުން އެތަކެއް ޝަކުވާއެއް ކޮށްގެން ކަމަށް ފަޒުލް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް ބެންކަރަޕްޓް ވެގެންދާކަމަށާއި މަޖިލީހުން ދާދި އިހަކަށް ދުވަހު ވަނީ ވިތް ހޯލްޑިންގ ޓެކްސް ކަނޑާލާފައިކަމަށް ފަޒުލް ވިދާޅުވިއެވެ. އެކަން ކުރީ އިންޑިއާގެ ކުންފުނި ތަކަށް ފުރުސަތު ދިނުމަށް ކަމަށް ފަޒުލް ތުހުމަތު ކުރެއްވިއެވެ.

ވިތްހޯލްޑިންގ ޓެކްސް ކަނޑާލުމާއި ގްރީން ޓެކްސް އާއި ގުޅިގެން ދިމާވި މައްސަލަތަކަކީ ސަރުކާރުގެ ފަރާތުން ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނެއް ކަމަށް ފަޒުލް ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: