ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްތަކަށް އަރައިގަންނަ ކުދިން ބަހައްޓާ މަރުކަޒެއް ވޭމަންޑޫގައި ހުޅުވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު: ފޮޓޯ/ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށް ހުއްޓުވުމުގެ މަސައްކަތްތައް ފެށެންޖެހެނީ ކުށަކަށް އަރައިގަތުމުގެ ކުރިންކަމަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި އެއް ގޮތްވާގޮތުގެ މަތިން ކޮޅުމަޑުލު ވޭމަނޑޫގައި ގާއިމުކޮށްފައިވާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓު ސެންޓަރު ހުޅުވައިދެއްވައި، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޒީރުވަނީ، ކުށްތައް ހުއްޓުވޭނީ ކުށަށް އަރައިގަތުން ހުއްޓުވުމުންކަމަށް ސިފަކުރައްވާފައެވެ. އަދި މީހަކު ކުށަކަށް އަރައިގަތުމުން ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ކުށްތަކަށް އަރައިގަނެވޭނެ މަގުތައް ބަންދު ކުރުން އެކަށީގެންވާކަމަށްވެސް އެނާގެ ވާހަކަތަކުން ސިފަކުރެއްވިއެވެ.

ރާއްޖޭގެ ޅަ އުމުރު ފުރައިގެ ކުދިން އެކި ކަންކަމުގައި ހަވާސާވަމުންދާކަމަކަށް ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ، ކުޑަކުދިންގެ މައްސަލަތައް ހައްލު ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ، އެ ގާނޫނު ތަންފީޒު ކުރަންޖެހޭ ހާލަތަކަށް ކުދިން އަޔަ ނުދިނުންކަމަށެވެ. އަދި ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވާފައިވާ ސެންޓަރަކީ އެ ނިޒާމުގެ އާ މަރުހަލާއެއްގެ ފެށުންކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

 

ދިވެހިރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ދީނާއި ހިލާފު އަމަލުތައް އަދި މީހުން މެރުން ފަދަ ކުށްތަކަށް އަރައިގަތުން ގިނަވެ، ފުލުހުންތަކަކަށްވެސް ހަމަލާދެވިފައިވާ ދަނޑިވަޅެއްގައި ރިޒިޑެންޝަލް ސެންޓަރު ހުޅުވައިދެއްވަމުން ނަޒީރު ވިދާޅުވީ، މުޖުތަމައުގެ ވިލުންތެެރިކަން އިތުރު ކުރުމާއި، އަމާންކަން ގާއިމު ކުރުމުގެ މަސައްކަތްތައް ކުރެވޭނީ ގިނަ އަދަދެއްގެ މީހުން އެކުވެގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: