ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކާލާތުކުރި ކަންކަން އެމްޑީޕީން ހިތުގެ އަޑިން ގަބޫލެއް ނުކުރޭ: މަލީހު

އައިލެންޑްސް އެމްވީ ވެބް ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން އިދިކޮޅުގައި ތިބެެ ވަކާލާތު ކުރި ކަންކަން އެ ޕާޓީއިން ހިތުން ގަބޫލުނުކުރާކަން ސާފުވާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށް ބަހައްޓާފައި ހުރި ގައިދީއެއް ކުއްލި ގޮތަކަށް ނިޔާވެފައިވާމަކަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ވެރިކަމަށް އައުމަށް ފަހު އެމްޑީޕީއަށް ދިވެހިރާއްޖޭގެ މުޖުތަމައުގެ ތެރޭގައި ހިނގަމުންދާ ކަންބޮދުވާކަންކަން ފާހަގަ ނުކުރެވޭކަމަށެވެ. އަދި ވެރިކަމުގައި ހުންނަ އިރު އެމްޑީޕީގެ ރާޑަރު ހުންނަނީ މައްސަލަޖެހިފައިކަމަށް އެނާ ސިފަކުރެއްވިއެވެ.

ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ޖަލުގައި ހުރި ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވެފައިވާކަން ރޭކާ ނުލާކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، އެކަމަކީ އެމްޑީޕީގެ ރާޑަރު ސިސްޓަމުން މިހާރު ނުދައްކާ މައްސަލައެއް ކަމަށެވެ.

މަލީހު ވިދާޅުވީ، އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އެމްޑީޕީއިން ދައްކާފައިވާ ވާހަކަތަކާއި ވަކާލާތުކޮށްފައިވާ ކަންކަމަކީ، ހިތުން ގަބޫލުކުރުމަށްފަހު ދެއްކި ވާހަކަތަކެއް ނޫންކަން މިހާރު ސާފުވެފައިވާކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ މަލީހުވަނީ މަގާމާއި ވަކިވުމަށްފަހު އެމަނިކުފާނާއި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ، ރައީސް ސާލިހު އަދި ސަރުކާރުން ވަރަށް ގިނައިން އަމާޒުތަކުގެ ވާހަކަ ނުވަތަ އަމާޒު ކުރާ ވާހަކަދައްކާކަމަށެވެ. އަދި ދައުރުގެ ފަހުކޮޅަށް ދިއުމުން އަމާޒުކުރާ ވާހަކަ އަދި ހިޔާލާ، އުންމީދާއި ތަސައްވަރުގެ ވާހަކަތައް ދައްކަވަމުންދާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ އެފަދަ ލަފްޒުތައް ބޭނުންކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި ރައީސް ސާލިހަށް ރައްޔިތުނަށް ކޮއްދެވޭނެ އިތުރު ކަމެއް ނެތްކަމަށްވެސް އެނާވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: