ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީން ތާއީދު ނުލިބިދާނެތީ، ކަމުދާ ރިޔާސީ ކެނޑިޑޭޓެއް ދައްކަން ނަޝީދަށް ދަތި!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ރަނގަޅު ކެނޑިޑޭޓެއް ދައްކައި، ތާއީދު ކުރާ ބޭފުޅަކީ އެއީކަމަށް ބުނަން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު މިވަގުތު އައްޑޫ ސިޓީގެ ރަަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. ހާއްސަކޮށް އެމްޑީޕީން އެންމެ ހާއްސަ ސަމާލުކަމެއް ދޭ، އައްޑޫއަށް ވީ ވައުދާއި އެއްގޮތަށް ކުރިޔަށް ނުދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާއި ގުޅުވައި، ހައްލަކީ އެއީކަމަށް ވިދާޅުވެފަ އެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވާ ސަބަބު ތަކުރާރު ކުރެއްވި އެވެ.

ރޭ އައްޑޫ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފަށް ކަމުދާ ރަނގަޅު ކެނޑިޑޭޓެއް ދައްކަން އުނދަގޫ ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވެސް ވާދަ ކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ، ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލުން ރަނގަޅެއް ނޫނެނެވެ. އަދި އޭގެ ސަބަބެއްކަމަށް ވިދާޅުވީ ރައީސް ސޯލިހު އިންތިހާބުގައި ވާދަ ކުރައްވާނަމަ އެމްޑީޕީއަށް ގެއްލުންތަކެއް ލިބޭނެ ތީ އެވެ. އެހެންކަމުން ޕާޓީން ތިން ވަނަ ވިސްނުމަކަށް ދާން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ކެނޑިޑޭޓެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި އެވެ.

ރައީސް ނަޝީދު ޝާހިދަށް ތާއީދުކޮށް، ވާހަކަ ދެއްކެވި ނަމަވެސް ޝާހިދު ވަނީ ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތްކަމަށާއި އަދި ބޭނުންފުޅު ވަނީ 2023 ގެ ރިޔަސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރެއްވުމަށްކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ރައީސް ނަޝީދެއް އެ ވާހަކައެއް ނުދައްކަވަ އެވެ.

އެމްޑީޕީގެ އުސޫލުތަކާއި ޕާޓީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، ބައެއް ފަހަރު އެކަންތައްތަކުގައި ހިފަހައްޓައި އަމަލު ކުރަން އުނދަގޫ ކަމަށެވެ. އަދި ޕާޓީގެ ނިންމުންތައް ގަބޫލުކޮށް، އެއާއި އެއްގޮތަށް ކުރިޔަށް ދާން އުނދަގޫވާކަމަށް ވިދާޅުވި އެވެ.

“އެހެންވީމަ ގަބޫލުނުކުރެވޭ އިންތިހާބެއްގެ ތެރެއިން ނުކުންނަ ކެންޑިޑޭޓަށް ތިމަންނާ ތައީދުކުރުމާއި ގުޅޭ ގޮތުން، ބައެއް ފަހަރަށް އެބަ ހިލާފު އުފެދޭ. އެކަން ނުކޮށް ހުންނަން އެބަ ހިތައް އަރާ” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެ ސަބަބާއި ހުރެ ކެނޑިޑޭޓެއް ދެއްކުމަށް އުނދަގޫ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަ އަމާޒު ކުރެއްވީ ސީދާ ކޮންކަމަކާއި ގުޅުވައިކަން ސާފު ނުވީ ނަމަވެސް ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ވަކި ބޭފުޅަކު ރަނގަޅުކަމަށް ބުނެ ދައްކައިގެން ވެސް އެކަން ޕާޓީގެ އެހެން މެމްބަރުން ތާއީދުކޮށް ގަބޫލު ނުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: