ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންގެ މީހުންނަށް ވާތީ ވަޒީރުން ޖަވާބުދާރީއެއް ނުކުރެވޭ: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއަކަށްވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އެ މެމްބަރުން ޖަވާބުދާރީ ނުކުރެވެނީ ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ނިޒާމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދަތިތައް ދިމާވާކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އިތުރުފުޅު ހައްދަވަ އެވެ. އަދި ވަޒީރުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ނަމަވެސް އެއްވެސް ފިޔަވަޅެއް އޭގެ ސަބަބުން ނޭޅޭކަން ފާހަގަ ކުރައްވަ އެވެ. ހާއްސަކޮށް މެމްބަރަކު، އެ ދާއިރާއެއްގެ ކަމަކާއި ގުޅުވައި ވަޒީރަކާއި ސުވާލު ކުރާނަމަ ލިޔެކިއުން ފުރިހަމަކޮށް އެކަމަށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ހޭދަ ކުރަން ޖެހޭއިރު ގިނަ ފަހަރަށް މަޖިލީހަށް ވަޒީރު ހާޒިރު ކުރެވޭއިރު ނުވަތަ ސުވާލުތަކުގެ ޖަވާބު ލިބޭއިރު އެކަމުގެ މުއާލާތް ކެނޑޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދު ވަނީ ސަރުކާރާއި އަދި އެމްޑީޕީގެ ކުރިމަގާއި ގުޅޭ ގިނަ ވާހަކަތަކެއް ދައްކަވާފާ އެވެ. ވަޒީރުން ޖަވާބުދާރީ ނުކުރެވޭ މައްސަލަ ރިޔާސީ ނިޒާމާއި ގުޅުވައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުވާން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ. އަދި ބަރުލަމާނީއެއްގައި އެފަދަ މައްސަލަތައް ދިމާނުވާނެކަން ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ މަސައްކަތްތައް ގޯސްކަމަށް ރައްޔިތުން ފާހަގަކުރުމުން، އެކަން ނިޒާމާއި ގުޅުވާ ސަބަބައި ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަށް ރައީސް ނަޝީދު ވިދާޅުވީ މިހާރު މިއޮތް ނިޒާމުގެ ސަބަބުން މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަމަށެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ބޭނުންވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށްކަމަށެވެ.

ބައެއް ވަޒީރުންގެ ނަންތައް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ޖަވާބުދާރީކުރުމަށް އެމަނިކުފާނަށް ދަތިކަމަށެވެ.

“މިސާލަކައް އަޅުގަނޑަކަށް ނޭގޭ މާރި ޖަވާބުދާރީ ކުރަން މަޖިލީހަށް ގެނައިސް އެބޭފުޅާއަށް ގޮވާނެއެއްޗެއް. އަދި ކޮންމެ ބޭފުޅަކުވިޔަސް އަމީރައްވިޔައަސް، އަސްލަމައްވިއަސް، ރިއްފަތައްވިއަސްވެސް، ޝައުނާއަށް ވިއަސްވެސް. އަޅުގަނޑަށް ވަރަށް އުދަގޫ މި ކުދިންނާއި މި ބޭފުޅުންނާއި ތި ގޮތައް ޖަވާބުދާރީކުރުވަން. އެހެންވީމަ ވަޒީރުންނެއް ޖަވާބުދާރީއެއް ނުކުރެވޭ އަޅުގަނޑުމެންނަކައް. މި ނިޒާމެއް ރަނގަޅެއްނޫން” ނަޝީދު

ސަރުކާރުގައި އޮވެ، އަމިއްލަ ޕާޓީގެ ވަޒީރުން ޖަވާބުދާރީ ކުރުވުމަށް  އުދަގޫކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ސުވާލުއުފެއްދެވީ އެމަނިކުފާނުގެ ރައީސް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޖަވާބުދާރީ ކުރުވާނީ ކިހިނެއްކަމާއިމެދުއެވެ. އަމިއްލަފުޅަށް އިއުތިރާފުވެ ސަރުކާރު ޖަވާބުދާރީކުރުމުގައި މަޖިލީސް ފެއިލްވެފައިވާކަމަށް ވިދާޅުވެ، އެކަމުގެ ޒިންމާ މަތިކުރެއްވީ ނިޒާމާއިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކިޔާ ނިޒާމެއް އޮތްކަމަކައްވެސް ނޭގޭކަމަށާއި މިއީ ވެރިކަން ކުރާ ނިޒާމެއް ނޫންކަމަށެވެ.

“އަޅުގަނޑު ކުރަން މި ޖެހެނީ އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ. އަޅުގަނޑު މި ކުރަން ޖެހެނީ ހަމަ އަޅުގަނޑުގެ ވަޒީރެއް. އެއީ އަޅުގަނޑުގެ ޕާޓީގެ މީހެއް، އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް، އޮފީސް ނިންމާފައި ވެސް އަދި އައިސް އިންނަނީ ވެސް އަދި ހަމަ އަޅުގަނޑާ އެކީ. އިންދާ އަޅުގަނޑު މިވީ އޭނާ ޖަވާބުދާރީ ކުރުވަން” ނަޝީދު

މިކަމުގެ ހައްލަކީ ރައްޔިތުންގެ މަޖިލީހުގައިވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީ އޮތުންކަމާއި، އޭރަށް ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހުއްޓުވަން މަސައްކަތްކޮށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: