ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބުގައި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރި މައްސަލަ އެސީސީން ނުބަލާ: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައެއް ޖެހުމުން މައްސަލަ ބެލުމުގެ ބަދަލުގައި މައްސަލައެއް ކުރިމަތި ނުވާނެ ގޮތަކަށް ކަން ކަން އިންތިޒާމުކޮށް ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުން މަސައްކަތްކުރަންޖެހޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާއިއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާއި މުހާތަބު ކުރައްވާ، ރިޔާސީ އިންތިހާބާއި ގާތްވަމުންދިއުމާއި އެކު، ކޯލިޝަނުގެ ކަންބޮވުންތަކެއް ހުރިކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕެއިންތަކުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވަނީ ރިޔާސީ ލޯންޗުކޮޅު ބޭނުންކުރައްވާފައިކަަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ސާލިހު އެ ކެމްޕެއިންތަކުގައި ލޮންޗުކޮޅު ބޭނުންކުރެއްވީ، ދައުލަތުގެ ނިޝާންގެ މަތީގައި ޑަސްބިން ކޮތަޅެއް އަޅައިގެންކަމަށެވެ. އެހެންނަމަވެސް ކޮންމެ އިންތިހާބެއްގެ ކަންކަން ކުރިއަށް ދާ ގޮތް ބޭރުގެ ބައެއް މުއައްސަސާތަކުން ބަލަމުންދިއުމާއިއެކު، ކޮމަންވެލްތުގެ ރިޕޯޓެއްގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތެއްގައި ބޭނުންކުރެވިފައިވާކަމަށް ބުނެފައިވާކަމަށް ޝިޔާމް އިޝާރާތްކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާގޮތުން ކޮމަންވެލްތުގެ ރިޕޯޓުގައި އިޝާރާތްކޮށްފައިވަނީ ރައީސް ސާލިހު ލޯންޗުކޮޅު ބޭނުންކުރެއްވިކަން ކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެ މައްސަލަވަނީ އޭސީސީ އަދި އިލެކްޝަން ކޮމިޝަނަށްވެސް ހުށައަޅާފައިކަމަށެވެ. އަދި އިދިކޮޅުންނާއި އަމިއްލަ ފަރާތްތަކުންވެސް ހުށައަޅާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅު ބޭނުންކުރި މައްސަލަ އޭސީސީއިން ނުބަލާކަމަށެވެ. އަދި އިލެކްޝަންއިންވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް އިޝާރާތްކުރައްވާ އެނާވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެފަދަ މައްސަލައެއް ފެންމަތިނުވާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ސިފަކުރައްވާފައެވެ.

އިލެކްޝަންސް އަދި އޭސީސީ ފަދަ މުއައްސަސާތަކުން މަސައްކަތް ކުރަންވީ ކަންކަން ދިމާވުމުން، އެ މައްސަލައެއް ތަހުގީގު ކުރުމުގެ ބަދަލުގައި މައްސަލަތައް ދިމާނުވާނެކަން ކަށަވަރުކުރުމަށް ކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، މިހާރު އޮތް އުސޫލުގެ މަތިން ކަންކަން ކުރިއަށްދާނަމަ، ރާއްޖޭގައި ބޭއްވޭ އިންތިހާބުތައް މިނިވަންކަންމަތީ ކުރިއަށްދާނެކަމުގެ އުންމީދެއް ނެތްކަމަށެވެ.

ޝިޔާމް ވިދާޅުވީ، ދައުލަތުގެ ވަސީލަތްތަކަކީ ރައްޔިތުންގެ ފައިސާކަމަށްވުމުން ވަކި ޕާޓީއެއް ކުރިއެރުވުމަށް އެ ވަސީލަތްތައް ބޭނުން ނުކުރެވޭނެކަމަށެވެ. އަދި އީސީއާއި މިހާރުވަނީ އެ ހުރިޙާ ކަންބޮޑުވުންތައް ހިއްސާކޮށްފައިކަމަށާއި އެހެން ނަމަވެސް ލޯންޗުކޮޅުގެ މައްސަލަވެސް ބެލިފައިނުވާކަމަށް އިނގިފައިވާކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ފުރުސަތުގައި ޝިޔާމްވަނީ އިލެކްޝަންސް ކޮމިޝަންސްއިން މެމްބަރުން ކަށަވަރުކުރުމަށް ބޭނުން ކުރާ ވަސީލަތްތައް ފުރިހަމަ ނޫންކަމަށްވެސް ފާހަގަކުރައްްވާ ވާހަކަދައްކަވާފައެވެ.

އެނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގައި ފިންގަރޕްރިންޓު ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިފައިނުވާތީ އެ ޕާޓީގެ މެމްބަރުން ޕާޓިއަށް ކުރަމުންދާ އިތުބާރަށް އަސަރުތަކެއް ކުރާކަމަށެވެ. އަދި އެ ކަމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން މަޝްވަރާ ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި، މި އަހަރުގެ ބަޖެއްޓަށް އެފަދަ ނިޒާމެއް ގާއިމު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން އެދުމަށް އިލެކްޝަންއަށް އިލްތިމާޒްކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިލެކްޝަންސްއިން އެ ފައިސާތައް ހޯދަން ހުށައެޅުމުން އިދިކޮޅުގެ ޕާލިމެންޓަރީ ގުރޫޕުން އެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ބަޖެޓު ހޯދައިދިނުމަށް މަސައްކަތްކޮށްދޭނެކަމަށެވެ. އަދި އެ ނިޒާމަކީ ފިންގަރ ޕްރިންޓު ކަށަވަރުކުރާ މެޝިނެއްކަމަށާއި، އެކަމަށް ދެތިން މިލިއަން ހަރަދުވިނަމަވެސް އެކަން ގުޅިފައިވަނީ ރައްޔިތުންގެ ތެރޭގައި ނިޒާމަށް އޮތް އިތުބާރާއިކަމަށްވުމުން ފަރުވާކުޑަ ނުކުރަން އެދިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ޔަގީނުންވެސް އިދިކޮޅު ކޯލިޝަނުގެ ޕާލިމެންޓަރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެކަމަށް ބޭނުންވާ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަކީ މިނިވަން އިންތިހާބުތަކަކަށް ހެދުމަށް ކޯލިޝަނަށް ފާހަގަކުރެވިފައިވާ މައްސަލަތައް އިލެކްޝަންސްއާއި އެކު ކުރިއަށް ގެންދިޔަ ހުރިހާ ބައްދަލުވުމުގައި ހިއްސާކޮށްފައިވާނެމަކަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒުވެސްވަނީ އިދިކޮޅުގެ ފަރާތުން އިލެކްޝަންސްއާއި ބައްދަލު ކުރައްވާފައެވެ.

މޭޔަރ މުއިއްޒު ވިދާޅުވެފައިވާގޮތުން މި ބައްދަލުވުމުގެ ތެރޭގައި އެ ޕާޓީގެ މެމްބަރުން އެހެނިހެން ޕާޓީތަކުގެ ދަފްތަރުގެ ހިމަނާފައިވާ މައްސަލައާއި ގުޅިގެންވެސް އިލެކްޝަންސްއާއިވަނީ މަޝްވަރާ ކުރެވިފައެވެ. އެގޮތުން އެ ޕާޓީގެ މެމްބަރުން އެހެން ޕާޓިއެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ، އަލުން ރުޖޫއަކުރާއިރު، އެންމެ ފުރަތަމަ ޕީޕީއެމްއާއި ގުޅުން ތާރީހުން ފެށިގެން ރަޖިސްޓްރީ ކުރެވިފައިވާނެ ގޮތަކަށް އިންތިޒާމުކޮށްދެއްވުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: