ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގައި ޖާސޫސްކުރަން އުޅުނު މައްސަލަ މަޖިލީހުން ބަލައެއް ނުގަތް!

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ދެ މީހުންގެ ތަހުގީގު ދެ ފުށް ފެންނަ ގޮތެއްގައި ހިންގުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަަށް ނިންމާ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގައި މި މައްސަލަ ކުއްލި މައްސަލއެއްގެ ގޮތުގައި ހުށަހެޅި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ.

މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެމުން ސަޢީދު ވިދާޅުވީ، ފަތުރުވެރިކަަމަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުނޑި ޤައުމަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިކލާން ޖެހޭނެ ކަމަކަށް ވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގާދިޔަ ހާދިސާގެ ދެފުށްފެންނަ ތަހުޤީގެއް ހިންގުމަށާއި، މިކަމާއި ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށާއި އަދި މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވރުގަދަކޯށް އަޅަންޖެހޭ އެއްމެހާ ފިޔަވަޅުތައް ލަސްނުކޯށް އެޅުމަށް ސަރުކާރަށް ގޮވާލާ، ަރއްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާކަމަށެވެ. 

މި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލީ މަޖިލީހަށް ހާޒިރުވެ ތިބި 41 މެންބަރުންގެ ތެރެއިން 34 މެންބަރުން އެ މައްސަލަ ބަލއިގަތުމާ ދެކޮޅަށް ވޯޓު ދީގެންނެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓުދިނީ އެއްމެ 6 މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: