މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް މިސަރުކާރުން ފަރުވާ ނުދޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
އޮފް ޑިއުޓީގައި އުޅުނު ފުލުހަކަށް ހަމަލާދިނުމާއި ގުޅިގެން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެކަން ކުރީ ގޭންގަގުން ނޫން ކަމަށާއި އެއުޅެނީ މަސްތުވާ ތަކެތީގެ މައްސަލަތައް ރަށުތެރޭގައި ކަމަށެވެ.
މިހާރު މިއޮތީ އަނެއްކާވެސް އެހާލަތުގައި. ފަރުވާ ދޭ މަރުކަޒު ތަކުން ފަރުވާއެއް ނުދެވޭ. ޑްރަގް މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނެއް އެބައޮތް. ފަރުވާ ދޭ ގާނޫނެއް އެބައޮތް، އެ ގާނޫނެއް ތަންފީޒެއް ނުކުރޭ، ތަރައްގީ އޭ ތިމަންނަ މެން ބުނޭ. ބަލަ ގައުމެއްގައި ތިބި ރައްޔިތުންގެ ތެރޭގައި ރައްޔިތުން ނިކުމެ މަގުމަތިން ހުކުމް ތަންފީޒްކުރާ ހިސާބަށް ދިޔައިމަ ވައްކަންކުރާމީހާ ނިކުމެ މަގުމަތިން ތަޅާ ހަވަރަށް ދީ އަނިޔާކުރާތަން އަޅުގަނޑުމެންނަށް ފެންނަނީ. ފުލުހުންނާއި ދިމާލަށް ހަޅޭއްލަވާތަން އެބަފެނޭ. އިބްރާޙިމް ރަޝީދު
އިބްރާޙިމް ރަޝީދު ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވާ، އެ ބޭނުންކުރާ ކުދިންނަށް ފަރުވާ ނުދީ ރަށުތެރެއަށް ދޫކުރާ މައްސަލައަކީ އަބަދުވެސް ކުރިމަތިވާ މައްސަލައެއްކަމަށެވެ. އެ މައްސަލަ ވަނީ މުޅި ރާއްޖޭގައި ފެތުރިފައި ކަމަށާއި އައްޑު އަތޮޅުން ފެށިގެން ގޮސް ތުރާކުނާ ހިސާބަށް މުޅި ރާއްޖޭގެ އެތަން މިތަނުގައި މަސްތުވާތަކެތި ބޯކުދިންނާއި ވިޔަފާރި ކުރާ ކުދިން އާއްމުވެފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވައި އެކަމަށް ފަރުވާދިނުމަށް ކަމާއިބެހޭ އިދާރާ ތަކުގައި ތިބި ފަރާތްތަކުން އެކަން ނުކުރާ ކަމަށެވެ. އަދި އެކަމަކީ ސިއްހީ މައްސަލައެއް ކަމަށް ދާދި ފަހުން ހަދައިފި ކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
“ އަޅުގަނޑު ހަނދާން ނުނެތޭ 19 ސެޕްޓެމްބަރުގައި ބަޑިޖަހައި ޖައްވަށް ފަޒާއަށް އެހިނގި ހާދިސާގައި އެ ޖައްވަށް ފަޒާއަށް ބަޑިޖަހައި ކުދިންތަކެއް މަރާލާ މިކަންތައްތައް ވެސް ދިޔައީ ފުލުހުންގެ ތެރޭގައި ހިނގާފަހުރި މިފަދަ ކަންތައްތަކާއި އަދި މަސްތުވާ ތަކެތީގައި އަދި އޭރުގައި ފަރުވާ ދިނުމަށް ޖަލުގައި ކުދިންނަށް އެއްޖަލެއްގެ ތެރޭގައި އެތައް ބަޔަކު ޒުވާނުން ގެންގޮސް އެއްތަނެއްގައި ބައިތިއްބައިގެން އެ ހިނގާ މުޅި މުޖްތަމައުގައި ކުށުގެ ވެއްޓެއް ނުވަތަ ކުށްކުރާމީހުން ތަކެއް ގިނަ ކުރުމުގެ ސިޔާސަތެއް އޭރު އޮތީ. އިބްރާޙިމް ރަޝީދުު
އިބްރާޙިމް ރަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރޭގައި ހިމެނޭ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިތިބި އާއިލާތަކުގައި ތިބި އެފަދަ ކުދިންނަށް ފަރުވާ ފެންނަ ކަމަށާއި އެނޫން ކަމެއް ކުރަން ނެތް ކަމަށެވެ.
”މި ގައުމުގައި ޕިކްނިކް އައިލެންޑެއް ނޫން، ފަޅުރަށެއް ހަދައިގެން މިދެންނެވިހެން ބައިވަރު ކުދިން ބޯކަރުދާސް ފޮށިގަނޑުގަނޑުގައްޔާއި އެތަން މިތާ ނިދާ މިދިޔައީ. ފާއިތުވި ތިން އަހަރު އަޅުގަނޑުމެންނަށް ފެނުނީ، ކޮބައިތޯ ހޯމް މިނިސްޓަރު؟ ތަފާތު ވާހަކަތައް ދައްކަވާ. އެންމެ ފަހުން އަޑު އިވުނީ ގޮސް ބޮމެއް ގޮއްވާއިރު ބަލާއިރު ވަނީ ހަތްހާސް ފޯނު ނަމްބަރު ވައްދައިގެން ޑްރޯންގައާއި އެތަން މިތަނުގައި މަސްތުވާ ތަކެތި ވައްދައިގެން މަސްތުވާތަކެތި ޖަލުގައި ވެސް ވިއްކާ ވާހަކަ. މަގުމަތީގައިވެސް ވިއްކާ. ޑްރަގް ކެފޭ ހަދައިގެން އުޅޭ ވާހަކަ. އެއީތޯ ތަރައްގީ އަކީ ؟ މެމްބަރު އިބްރާހިމް ރަޝީދު
އިބްރާޙިމް ރަޝީދު ވިދާޅުވީ މަގުމަތީގައި ތާރު އެޅުމުން އެއީ ތަރައްގީ ކަމަށް ނުފެންނަ ކަމަށެވެ.
ދިވެހިރާއްޖޭގެ ރައްޔިތު މީހާ ނުވަތަ އޭނަގެ އާއިލ،ާ މައެއް އޭނަ ދަރި ރަނގަޅު ނުވެގެން މިއުޅެނީ މަސްތުވާ ތަކެތި ބޯތީވެ. ފަރުވާއެއް ނުދ.ޭ ދެވަނަ ފުރުސަތު ތިންވަނަ ފުރުސަތު އޭރުގައި ދޭން ފެށި މީހުން މަލާމާތް ކުރި، މިހާރު އެއްކަމެއްވެސް ނުކުރެ މިސަރުކާރަކުންނެއް އެކަމާ ގުޅޭ ގޮތުން. މެމްބަރު އިބްރާޙިމް ރަޝީދު
މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މި ހަތަރު އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް އެފަދަ މައްސަލަތަކުގައި އިސްކޮށް އުޅޭ މީހުން ވަނީ ކޯޓުން ދޫވެފަ އެވެ. އަދި އޭގެ ފަހުން ވެސް އެ މީހުން މަސްތުވާތަކެތީގެ އެހެން މައްސަލަތަކުގައި ހައްޔަރުކޮށްފައި އެބަހުއްޓެވެ.
މައްސަލަ ތަހުގީގު ކުރުމުގައި، ނުވަތަ ހެކި އެއްކުރުމާއި ހައްޔަރު ކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް އަމަލުކުރުމާއި ގޯސްތަކުގެ ސަބަބުން ކޯޓުން މަަސްތުވާތަކެތީގެ ބޮޑުން ދޫވުން ވަނީ އާއްމުކަމަކަށް ވެފަ އެވެ.

