ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއާއި އެހެން ރަށްތަކާއި ތަފާތު ކުރެވޭކަމަށް އަސްލަމް ގަބޫލެއް ނުކުރައްވާ!

ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މާލެއާއި ރާއްޖޭގެ އަތޮޅުތަކުގެ އެހެން ރަށްތަކާ ތަފާތުކުރެވޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ޕަލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ، ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާއި ދާއިރާތަކަށް ރޭވިފައި ހުރި މަޝްރޫއުތަކާއި އެ ގޮސްފައިވާ ހިސާބާއި މެދު މިނިސްޓަރު އަހުމަދު އަސްލަމާއި ސުވާލު ކުރުމެވެ. ގިނަ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، ސަރުކާރުން ވީ ވައުދާއި އެއްގޮތަށް މަޝްރޫއުތައް ކުރިޔަށް ނުދިއުމާއި ބައެއް މަސައްކަތްތައް މަޑުޖެހިފައި ހުރުމެވެ. އަދި މީގެ ކުރިން ބަޖެޓުގައި ހުރި މަޝްރޫއުތައް 2023 ނިމުމާއި ގާތް ވީއިރު ވެސް ހަވާލު ކުރެވިފައި ނުވާކަން ބައެއް މެމްބަރުން ފާހަގަ ކުރި އެވެ.

ސުވާލު ކުރުމަށް ފުރުސަތެއް ނަންގަވައި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރުން ސުވާލު ކުރެއްވީ އެ ދާއިރާގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައި ވޭތޯ އެވެ. އެ މަސަައްކަތް އަދިވެސް ކުރިޔަށް ނުގެންދެވި އޮތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ތޯރިގް ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި އެއްވެސް ރަށެއްގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މާއްދާއާއި ހިލާފަށް، ރަށްތަކަށް ތަރައްގީ ގެނައުމުގައި މާލެއާއި ތަފާތު ކުރުން ގެންގުޅުއްވަނީ ކީއްވެން ތޯ ތޯރިގު ސުވާލު ކުރެއްވި އެވެ.

މާލެ ފިޔަވައި އެއްމެ ޑެންސިޓީ ޕޮޕިއުލޭޓެޑް އައިލެންޑް މަހިބަދޫއަކީ.. ކީއްވެތޯ ތަފާތު ކުރަނީ އަދި ހަމަހަމަކަން ނުގެންގުޅެނީ.“ މިނިސްޓަރާއި ސުވާލު ކުރައްވަމުން މެންބަރު ތޯރިޤު ވިދާޅުވިއެވެ.

ޖަވާބުގައި އަސްލަމް ވިދާޅުވީ، މިހާރު ކުރިޔަށް ދަނީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތްކަމަށާއި އެ މަޝްރޫއު ބަޖެޓުގައި ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، މާލެއާއި އަތޮޅުގެ ރަށްތައް ތަފާތުކުރުމުގެ ވާޙަކައަށް ރައްދުދެއްވައި އަސްލަމް ވިދާޅުވީ، ތަފާތުކުރުމަކީ، ނުވަތަ ހަމަހަމަކުރުމަކީ އެއް ރަށަކަށް ދޭ ޙިދުމަތެއް ހުރިހާ ރަށަކަށްވެސް ދިނުން ކަމަކަށް ޤަބޫލު ނުކުރައްވާކަމަށާއި، ޤާނޫނު އަސާސީގައި ވާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ޤަވާއިދާއި މި ސަރުކާރުން ޚިލާފުވެފައިވާކަމަށް ޤަބޫލު ނުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެރަށަކަށް އެވަގުތަކަށް އެއްމެ މުހިއްމު އަދި ވާން އޮންނަ ކަމެއް އެ ރަށަކަށް ކޮށްދިނުމަށް އިސްކަންދޭކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

“ޤައުުމު ތަރައްޤީކުރުމުގައި ވަކި ރަށަކަަށް ނުބަލަން. މުޅި ޤައުމު ތަރައްޤީ ކުރެވޭތޯ ބަލަނީ. އެހެންވީމަ އަޅުގަނޑު ޤަބޫލެއް ނުކުރަން އެ ތަފާތު ކުރުން ގެންގުޅެވޭކަމަކަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

މާލެއާއި ރާއްޖެތެރޭ އެހެންރަށްރަށާއި ތަފާތުކޮށް ޚިދުމަތްތައް ދިނުމުގައި ކުދި ކުދި ރަށްތައް ބާކީ ކުރާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެ ރަށްރަށުން ގޯތިލިބެނީ އެތާހުންނަ ރުއްގަހަށް ބަދަލު ދިނުމުން. މާލޭ ރަށްވެއްސަކަށް ވެވެނީ މެދުނުކެނޑި 10 އަހަރު ދިރުއުޅުނީމަ. އަސްލަމް އެބުނަނީ ކުރީގަ ހަދީޖާއާ ފިރިމީހާއަށްވާތީ މިހާރުވެސް ު ވާނީ ހަދީޖާގެ ފިރިއަށޭ. ޟާލޭމީހަކު ރަށެއްގަ ނޫޅުނަސް ގޯތިދޭށޭ ގެސްޓުހައުސް ހަދަނއ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: