ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނަވާ މެންބަރުން ފާރުމަތިން އުކާ މަޖިލީހުގެ ބާރު ކަނޑުވާލި: ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ރައީސް އަބްދުﷲ ޔާމީން އަންދުލްޤައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވާ މަޖިލީހުގެ މެންބަރުން ފާރުމަތިން އުކާ މަޖިލީހުގެ ބާރުކަނޑުވާލިކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހެއް އެކުލަވާލުމުގައި ލަސްވާކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ހުށަަހަޅުއްވާފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފަކީ ޕީޕީއެމްގެ މެންބަރެއްކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރެއްވި މެނަބަރެއްކަމަށާއި، އާއްމު ގޮތެއްގައި އިދިކޮޅުން ދައްކަވާ ވާހަކާގެ ދެކޮޅު ދިމާ ނުވާކަމަށެވެ. އެގޮތުން، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހަކީ އެއްމެ ބާރުދަގަ ތަން ކަމަށައި، ސަރުކާރަށްވުރެއް ވެސް މުހިއްމު ވާނީ މަޖިލިސްކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިކަން ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ މަޖިލީހުގެ މެންބަރުން ފާރުމަތިން އުކިކަމަށް ޝިފާއުވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑު އަޑުއެހިން އިއްޔެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފް ވިދާޅުވި، ަރއްޔިތުން މަޖިލީހޭ އެއްމެ މުހިއްމުވާނީ. އެއްމެ ބާރުގަދަތަނަކީ. ސަރުކާރަށްވުރެއް އިސްވެފަ މުހިއްމުވާނީ ރައްޔިތުން މަޖިލީހޭ. އެހެންނަމަވެސް މެންބަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަމަށް ހުންނަވައިގެން މި މަޖިލީހުގެ މެންބަރުން ފާރުމަތިން އުކާ މި މަޖިލީހުގެ ބާރު ކަނޑުވާލީ“ ޝިފާއު ވިދާޅުވިއެވެ.

ހަމަ މިއާއެކު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އިސްލާމީ ފަތުވާދޭ މަޖިލީހުގެ ބޭނުން އެއްކޮށް ކަނޑާލާ އެކަޑެމީގެ ދުވަސް އެއްކޮށް ދުއްވާލާ، އެކަޑަމީ އެއްކޮށް ނިމުމަކަށް ގެނައިކަމަށް ޝިފާއު ވިދާޅުވިއެވެ.އަދި ފިޤުހު އެކަޑަމީގެ ބާރު ކަނޑުވާލުމުގެ ސަބަބުން، މި ޤައުމުގެ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކލުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑުމަޑުޖެހުމެއް އައިކަމަށް ފާހަގަކުރައްވާ ޝިފާއުވަނީ،  ވީހާވެސް އަވަސް މުއްދަތެއްގައި ފިޤުހު އެކަޑަމީ އުފެއްދުމަށް  އެދިލައްވާފައެވެ.

މީގެ އިތުރުން، އެހެން ސަރުކާރު ތަކަށްވުރެއް އެމްޑީޕީގެ ވަރިކަމުގައި އިސްލާމީ ވަހުދަތު ކުރިއެރުވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭކަމަށާއި،  2008 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މި ދިވެހިރާއްޖޭގައި އަލަށް އިސްލާމިކް މިނިސްޓްރީއެއް އުފެއްދިކަން ޝިފާއުވަނީ ފާހަގަކުރައްވާފައެވެ.

“2008 ގައި އުފެދުނު އިއްޒަތޔްތެރި ރައީސްގެ ވެރިކަކމުގައި މި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް، އަލަށް، އިސްލާމިކް މިނިސްޓްރީއެއް އުފައްދާ އިސްލާމީ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ކުރިން އޮތްވަރަށް ވުރެއް މާ ބޮޑަށް އިސްލާމީ ކަންކަން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު“ ޝިފާއު

ފަތުވާ މަޖިލީސް އެކުލަވާލަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މަޖިލީހުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހަތަރު މެމްބަރަކާއި، މިނިސްޓަރުގެ ލަފާގެ މަތީން އައްޔަނު ކުރާ މެމްބަރެކެވެ. ގާނޫނުގައި ބުނާ ގޮތުން ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި ހުރިހާ މެމްބަރުންގެ ވެސް ދައުރު ހަމަވެ، މިވަގުތު ހުންނެވީ ފަތުވާ ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: