ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް އިތުރު ކުންފުނިތަކަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.
މިކަމާއި ގުޅުވާ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައިވަނީ، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިތުރު 3 ކުންފުންޏަކަށް ދީފައިވާކަމަށެވެ. އެ ތިން ކުންފުންޏަކީ، މަހަލްދީބު ހައްޖު އެންޑް ޢުމްރާ ޕަރައިވެޓް ލިމިޓެޑް، ރައުޟާ ލިލްހައްޖި ވަލް ޢުމްރާ ޕަރައިވެޓް ލިމިޓެޑްގެ އިތުރުން ޘާބިރު ލިލް ހައްޖު ވަލް ޢުމްރާ ޕަރައިވެޓް ލިމިޓެޑެވެ.
އިސްލާމިކް މިނިސްޓްރީން، ޢުމްރާއަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށްދޭ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.
އެހެންކަމުން އިސްލާމިކް މިނިސްޓްރީން ޖުމްލަ 43 ކުންފުންޏަކަށް މިހާރުވަނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ދީފައެވެ.

