ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ދެކޮޅަށް ވާހަކަ ދައްކަވާ ރައީސް ޔާމީން ވެރިކަމުގައި އެގައުމަށް 3 ދަތުރު ކުރެއްވި: މިއުވާން

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް, އިންޑިއާގެ ބޮޑު ވަޒީރާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަތައްދެކެވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް 3 ދަތުރު ކުރެއްވިކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގިނަ ދަތުރުތަކެއް ކުރައްވާކަމަށް ފާހަަކޮށް، ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ރައީސް ސާލިހުގެ ދަތުރުފުޅުތަކުގެ ވާހަކަދައްކާއިރު، ކުރީ ސަރުކާރުގެ ދަތުރުތަކުގެ ވާހަކަ ވެސް ދައްކަންޖެހޭކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ސިންގަޕޫރަށް އެކަނި ހަ ދަތުރުފުޅު ކުރައްވާފައިވާކަމަށާއި އަދި ދައުރު ނިމުނުއިރު ސިންގަޕޫރަށް ޖުމްލަ ނުވަ ދަތުރުފުޅު ކުރައްވާފައިވާކަމަށެވެ. މީގެ އިތުރުން ސައުދީ އަދި މެލޭޝިއާގެ އިތުރުން ޗައިނާއަށާއި ސްރީލަންކާއަށްވެސް ގިނަ ދަތުރުތަކެއް ކުރައްވާފަިއވާއިރު މިއުވާން ފާހަގަކުރެއްވީ ރައީސް ޔާމީން އިންޑިއާއަށް ކުރައްވާފައިވާ 3 ދަތުރެވެ. ވިދާޅުވީ އެހެން ނަމަވެސް އިންޑިއާ އާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަކެއް ދައްކަވާކަމަށެވެ

މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރަމުންގެންދާކަމަށް ތުހުމަތުކޮށް، އިންޑިއާ އާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއްވެސް “އިންޑިއާ އައުޓު” ގެ ނަމުގައި ކުރިއަށްގެންގޮސްފައެވެ. ނަމަވެސް މިހާރު މިހަރަކާތް ވަނީ ރައީސް ސާލިހުގެ ގަރާރަކުން މިއީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅާ ހުއްޓުވާފައެވެ.

މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށާއި އަދި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. މީގެ ކުރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިއުވާން ވަނީ ރައީސެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އާދައިގެ މީހެއްފަދައިން އެކަނި ދަތުރުނުކުރެވޭނެކަމަށް ފާހަގަކުރައްވާ އެކުގައި ވަފުދެއް ވަޑައިގަންނަވަންޖެހޭކަމަށެވެ.

މިއުވާން ވިދާޅުވީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ހަމައެކަނި ރައީސް އޮފީހުގައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް ބެލުމަކީ ގޯހެއްކަމަށާއި ދަތުރުފުޅުތަކަށް ހަރަދުތަކެއް ހިނގާނެ ކަން ގަބޫލުކުރައްވަންޖެހޭނެކަމަށެވެ.

އެ ދަތުރުފުތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ބާއްވާ އެކި ކޮންފަރެންސްތަކާއި ބައްދަލުވުންތަކާއި އަދި ބޭރު ގައުމުތަކުން ދައުވަތު އަރުވައިގެން އެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ވެސް ވަޑައިގަންނަވަން ޖެހޭ

ދައުލަތުން ކުރައްވާ ދަތުރުތަކާއި އިގްތިސާދީ ހާލަތާއި ގުޅުވައި، ހަރަދު ކުޑަކުރަންޖެހޭކަމަށް ފާހަގަކޮށް ދެކެވޭ ވާހަކަތައްކަށް ރައްދުދެއްވާ މިއުވާން ވިދާޅުވީ ސަރުކާރުގެ ދަތުރުތައް ކުރެވޭނީ އެކަމަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: