މުދަލު ޒަކާތުގެ ނިސާބު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަދަލުވެއްޖެއެވެ.
އެގޮތުން މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 5777.45 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ކަނޑައަޅާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށް ވީހިނދު، އެ މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީގޮތުން އަހަރެއް ވުމުން ޝަރުއީ ހަމަތަކުގެ މަތިން އެ މުދަލެއްގެ ސާޅީސް ބައިކުޅަ އެއްބައި ކަމަށްވާ 2.5 ޕަސެންޓް އިން މުދަލު ޒަކާތް ނެރެންޖެހޭ ކަމަށެވެ.
ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނެނީ ފައިސާ އާއި ރަނާއި ރިހި އަދި ބިމުގެ މައުދަންތަކާއި ރިކާޒުގެ އިތުރުން ވިޔަފާރި މުދަލާއި މޭވާއާއި ގޮވާމުގެ ބާވަތްތަކާއި ގެރި ބަކަރި އަދި ޖަމަލު ފަދަ ތަކެތި ހިމެނެއެވެ.

