ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ވަގަށް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓައިފި

އެމްއެންޑީއެފްއިން ބޯޓު އަތުލަތްގަތް ސަރަހައްދު ދައްކުވައިދޭ މެޕެއް: ފޮޓޯ އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދައް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅޭ މަސް ބޯޓެއްގެ ހަބަރު ލިބިފައިވަނީ ހެނދުނު 11:26 ހިސާބުގައެވެ. އަދި ރިޕޯޓު ކޮށްފައިވަނީ އެ ސަރަހައްދުގައި އެވަގުތު މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުންކަމަށްވެސް އެމްއެންޑީއެފްއިންވަނީ އާންމުކޮށްފަ އެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުން އެ މުއައްސަސާއިންވަނީ ރިޕޯޓު ލިބުމާއި އެކު ސެޓްރަލް އޭރިއާގެ ކޯސްޓްގާޑުގެ “މާފަތް” ލޯންޗު އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ރާއްޖޭގެ ކަނޑު ސަރަހައްދުގައި ގާނޫނާއި ހިލާފަށް ވަދެ އުޅުން ބޯޓު ހިފެހެއްޓިފައިވަނީ 14:00 ހާއިރު ކަމަށާއި، ބޯޓު ފެނުނީ ލ އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މައިލް ބޭރުންކަމަށް ފާހަގަކޮށްފައިވެ އެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުން މިހާރު އެ މުއައްސަސާއިން ކުރިއަށް ގެންދަނީ އެ އުޅަނދު ފުލުހުންނާއި ހަވާލު ކުރުމުގެ މަސައްކަތެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: