ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އޮތީ މަސް ކަނޑުތައް އިންޑިއާއަށް ހިބަކޮށް ދީފައި: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް "އިންޑިއާ އައުޓް" ހަރަކާތެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްކަނޑުތައް މިއޮތީ އިންޑިޔާ އަށް ހިބަކޮށްދީފައިކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ބޯޓެއްގެ ފޮޓޯ ހިއްސާކޮށް، އެއީ ހއ. ތުރާކުނު ބޭރުގައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުތެރޭ ގަދަޔަށް ދާ އަޅަން އުޅުނު އިންޑިއާ ބޯޓެއްކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. ޝިޔާމްގެ ޓުވީޓުގައި ވަނީ މި މައްސަލަ ކޯސްޓް ގާޑްއަށް ހުށައެޅުމުންވެސް އަޅާނުލިކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މަސްކަނޑުތައް ވަނީ އިންޑީއާއަށް ހިބަކޮށްދީފައިކަމަށެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރަމުންގެންދާކަމަށް ތުހުމަތުކޮށް، އިންޑިއާ އާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއްވެސް ”އިންޑިއާ އައުޓު“ ގެ ނަމުގައި ކުރިއަށްގެންގޮސްފައެވެ. ހަރަކާތައް ހުއްޓުމެއް އައީ، އެއީ ގާނޫނާއި ހިލާފު އެއްވުންތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުމުންނެވެ.

މީގެ އިތުރުންވެސް އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފް އިން ވަނީ ގާނޫނާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދައް ވަދެ އުޅުނު މަސްބޯޓެއް ހިފަހައްޓާފައެވެ. އެ މުއައްސަސާއިންވަނީ ރިޕޯޓު ލިބުމާއި އެކު ސެޓްރަލް އޭރިއާގެ ކޯސްޓްގާޑުގެ “މާފަތް” ލޯންޗު އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ރާއްޖޭގެ ކަނޑު ސަރަހައްދުގައި ގާނޫނާއި ހިލާފަށް ވަދެ އުޅުން ބޯޓު ހިފެހެއްޓިފައިވަނީ 14:00 ހާއިރު ކަމަށާއި، ބޯޓު ފެނުނީ ލ އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މައިލް ބޭރުންކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: