ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގައި ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތް: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި އިތުރަށް ވިއްކާނެ އެއްޗެއް ނެތްކަމަށާއި، އޮތީ ހަމައެކަނި “އިންޑިއާ އައުޓް” ކިޔާ ފިތުނައެއްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި އެމްޑީޕީގެ ހާލަތާއި ގުޅޭ ގޮތުން، ހާލަތު ގޯސްވެފައިވާކަމަށް ދޭހަވާފަދަ ވާހަކަތަކެއް އިބްރާޙީމް ރަޝީދު ދެއްކެވުމުން މިހާރު މިއޮތް ހާލުގައި އޮވެ އެމްޑީޕީއަށް ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެތޯ ސުވާލުކުރުމުން ޕީޕީއެމްއަށް އިޝާރާތްކުރައްވާ އިބްރާޙީމް ރަޝީދު ވިދާޅުވީ އިދިކޮޅުން ވާދަކުރާނެ ޕާޓީއެއް ނެތްކަމަށެވެ.

ސިޔާސީ ޕާޓީއެއްގެނަމަ ރައްޔިތުންގެ ކުރިމައްޗަށް ވައުދުތަކަކާއިއެކު މެނިފެސްޓޯއެއް ގެންނަންޖެހޭނެކަމަށާއި، އޭގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް ތިރިކޮށްދޭ ވާހަކަ، ތިރި ކޮށްދޭނެ ގޮތްތަކާއިއެކު އޮންނަންޖެހޭކަމަށާއި، ރައްޔިތުންގެ ޖީބަށް ޑޮލަރު ވައްދާ އަދި ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދޭނެކަމުގެ ވައުދުތަކެއް ހުންނަޖެހޭނެކަމަށް ފާހަގަކޮށް އިބްރާޙީމް ރަޝީދު ވިދާޅުވީ ރައްޔިތުން ވޯޓުދޭނީ އެ ވައުދުތައް ވިއްކައިގެންކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅުގައި އޮތް ޕީޕީއެމްގައި އެފަދައިން ވިއްކާނެ އެއްޗެއް ނެތްކަމަށް ފާހަގަކުރައްވާ އިބްރާޙީމް ރަޝީދު ވިދާޅުވީ އޮތީ ހަމައެކަނި އިންޑިއާ އައުޓޭ ކިޔާ ފިތުނައެއްކަމަށެވެ.

މިހާރު އެމީހުންގެ ވިއްކާނެ އެއްޗެއް ނެތް، ވިއްކަން އޮތީ “އިންޑިއާ އައުޓް” އޭ ކިޔާ އެއްޗެއް. އެއީ ފިތުނައެއް. އިތުރަށް ވިއްކޭނެ އެއްޗެއް މާކެޓް ކުރެވޭނެ އެއްޗެއް ޕީޕީއެމުގަވެސް ނެތީ

އިބްރާޙީމް ރަޝީދު ވިދާޅުވީ ޕީޕީއެމަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެކަމަށާއި ދެން މެނިފެސްޓޯއެއް ހަދައި، ވައުދުވީ ނަމަވެސް ރައްޔިތުންގެ ތައީދު ނުލިބޭނެކަމަށެވެ.

އެހެންކަމުން ޕީޕީއެމަށް ހަމައެކަނި ދެއްކެން އޮތް ވާހަކައަކީ އިންޑިއާގެ ވާހަކަކަމަށް އިބްރާޙީމް ރަޝީދު ވިދާޅުވީއިރު، އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގައި ގައުމީ ސަލާމަތައް ނުރައްކާވާނެ ފަދައިން އެބަތިބިކަމަށް ބުނެ އިދިކޮޅުން ކުރިއަށް ގެންދިޔަ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިންވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ނުުކުތާއަކީ، އިންޑިއާގެ އަތްދަށުން ސަލާމާތްވުމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް 2023 ވަނަ އަޖަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވަންޖެހޭކަމުގެ ވާހަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: