ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި މައްސަލަ: ވީޑިއޯތައް ބޭނުންކޮށްގެން، ބްލެކްމެއިލް ކުރި މީހުން ހައްޔަރަށް!

އެއްޖިންސުން ގުޅުން ހިންގި މީހުން ބްލެކްމައިލް ކުރި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ އަލަމްގީރާއެކު ދިވެހިންގެ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާގޮތުން ފަސް މީހަކު ހައްޔަރުކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ރިކޯޑުކޮށް، އެ ތަކެތި ލީކު ކުރާނެކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުން ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާ މައްސަލައިގައެވެ.

ފުލުހުން ބުނެފައިވާގޮތުން ހައްޔަރު ކުރެވިފައިވާ މީހުންވަނީ ބައެއް ފަރާތްތައް އެއްޖިންސުން ގުޅުން ހިންގި މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުކޮށްފައެވެ. އަދި ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުންވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން އެއްޖިންސުން ގުޅުން ހިންގި މަންޒަރުތައް ރިކޯޑުކޮށް ބްލެކްމައިލް ކުރި މައްސަލައިގައި އިތުރަށް ހައްޔަރު ކުރެވިފައިވާ މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.

ފުލުހުން ހިއްސާކޮށްފައިވާގޮތުން ހަމްދޫން އަބްދުﷲ ހައްޔަރު ކުރެވިފައިވަނީ 18 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގައެވެ. އަދި އެނާގެ މައްޗަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައިކަމަށާއި، މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް ދީފައިވަނީ 7 ދުވަސްކަމަށްވާއިރު، ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހައްޔަރު ކުރެވިފައިވާ މައުމޫން މޫސާގެ މައްޗަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންގެ މުއައްސަސާއިންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: